ads
ކޮލެޖެއްގައި ކިޔަވައިދެނީ : އަލުން ރަޖިސްޓްރީ ކުރަންޖެހޭ ގޮތަށް ގަވައިދު ވަނީ ހަދާފައި
ހަ މަސްދުވަހުގެ ތެރޭގައި އަލުން ކޮލެޖްތައް ރަޖިސްޓްރީ ކުރާ ގޮތަށް ގަވައިދު ހަދައިފި
މިހާރު ހިންގަމުންދާ ކޮލެޖްތަކާއި ތައުލީމުދޭ އިންސްޓިޓިއުޝަންތައް ކުރިއަށްއޮތް ހަމަސްދުވަހުގެތެރޭގައި އަލުން ރަޖިސްޓްރީ ކުރާ ގޮތަށް ހަދައި، ކޮލެޖްތަކާއި އިންސްޓިޓިއުޓްތައް ހިންގުމުގެ ގަވާއިދު ގެޒެޓް ކޮށްފިއެވެ.

މިއަދު ގެޒެޓްގައި އާންމުކުރި ، އެގަވައިދުގެ 14 ވަނަ މާއްދާގެ ހ ގައި ބުނެފައިވާ ގޮތުން އެ ގަވާއިދަށް ޢަމަލުކުރަން ފަށާއިރު، މިނިސްޓްރީގައި ރަޖިސްޓަރީނުކޮށް ހުރި އިންސްޓިޓިއުޓްތައް، އެ ގަވާއިދަށް ޢަމަލުކުރަން ފަށާތާ 6 މަސްދުވަހުގެ ތެރޭގައި ރަޖިސްޓަރީ ކުރަންވާނެއެވެ. އަދި އެމާއްދާގެ ށ ގައިވަނީ އެ ގަވާއިދަށް ޢަމަލުކުރަން ފަށާއިރު، ރަޖިސްޓަރީކޮށްގެން ހިންގަމުންދާ ތަންތަން، އެ ގަވާއިދަށް ޢަމަލުކުރަން ފަށާތާ 6 މަސްދުވަހުގެ ތެރޭގައި އެ ގަވާއިދުގެ ދަށުން އަލުން ރަޖިސްޓަރީ ކުރަންވާނެކަމަށެވެ.

އަދި އެމާއްދާނެ ނ ގައިބުނެފައިވަނީ ، ހ އާއި ށ ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމަށްފަހު، އެ ގަވާއިދުގެ ދަށުން ރަޖިސްޓަރީ ނުކޮށް އިންސްޓިޓިއުޓްތައް ހިންގުމަކީ މަނާކަމެއް ކަމަށެވެ.ކެވެ. އަދި އެފަދަ ތަންތަނުގެ އިންސްޓްޓިއުޓުގެ ދަރަޖަ އުވައިލައި، ކޮލެޖްތަކާއި އިންސްޓިޓިއުޓްތަކުގެ ދަފުތަރުން އުނިކުރެވޭނެ ކަމަށްވެސް އެގަވާއިދުގައި އެވެ. 

އިންސްޓިޓިއުޓް ރަޖިސްޓަރީ ކުރުމަށް އެދި އެ ގަވާއިދުގެ ޖަދުވަލު 2 ގައިވާ "އިންސްޓިޓިއުޓް ރަޖިސްޓަރީކުރުމަށް އެދޭ ފޯމު" އާއި، މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ "ޕްރޮ-ފޯމާ" ހުށަހަޅަންވާނެ ކަމަށްވެސް ގަވާއިދުގައިވެއެވެ.

އެޕްލިކޭޝަން ފުރިހަމަނަމަ، ހުށަހަޅާ ދުވަހުން ފެށިގެން 45 ދުވަހުގެ ތެރޭގައި އިންސްޓިޓިއުޓް ރަޖިސްޓަރީ ކޮށްދޭންވާނެ ކަމަށާއި، އެޕްލިކޭޝަނުގައިވާ ކަންކަން ފުރިހަމަ ނުވާނަމަ، ފުރިހަމަކުރަންޖެހޭ ކަންކަން ފާހަގަކޮށްފައި، އެޕްލިކޭޝަން ހުށަހެޅި ފަރާތަށް 30 ދުވަހުގެ ތެރޭގައި މިނިސްޓްރީން އަންގަންވާނެ ކަމަށްވެސް ގަވާއިދުގައިވއެވެ.

އަދި ހުށަހަޅާ ފަރާތުން އެޕްލިކޭޝަން އިޞްލާޙު ކުރުމަށްފަހު 3 މަސްދުވަހުގެ ތެރޭގައި ހުށަހަޅަންވާނެ ކަމަށާއި، އެ މުއްދަތުގެ ތެރޭގައި އިޞްލާޙުކުރަން އަންގާ ކަންތައްތައް އިޞްލާޙުކޮށްފައި ހުށަހަޅައިފައި ނުވާނަމަ، އެ އެޕްލިކޭޝަން ބާތިލުވާނެ ކަމަށްވެސް ވެއެވެ. އަދި އަލުން ރަޖިސްޓަރީ ކުރުމަށް ހުށަހެޅޭނީ އާ އެޕްލިކޭޝަނެއްގެ ގޮތުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް