ads
އައްޑޫ ސިޓީ ހަންކެޑެ - ފޮޓޯ: ސަން
ގާފަރު ފަޅާއި، ހަންކެޑެ ރިއަލް ސްޓޭޓް ޓޫރިޒަމަށް ހުޅުވާލައިފި
އައްޑޫ ސިޓީ "ހަންކެޑެ" އާއި ކ ގާފަރު ފަޅު ރިއަލްސްޓޭޓް ޓޫރިޒަމް ތަރައްގީ ކުރުމަށް މިއަދު ރައީސް އިބްރާހީމް މުހައްމަދު ސޯލި ހުޅުވާ ލައްވައިފިއެވެ.

ރައީސްގެ ދެ ގަރާރުގައި ވާގޮތުން މޯލްޑިވްސް ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަނަށް ކުއްޔަށް ދީގެން މި ދެ ސަރަހައްދު ތަރައްގީ ކުރުމަށް ވަނީ ނިންމާފައެވެ. މިއީ ސަރުކާރުގެ 100 އިންސައްތަ ހިއްސާ އޮންނަ ކުންފުންޏެކެވެ.

ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގައި ދިވެހިރާއްޖޭގައި ޓޫރިސްޓް ރިސޯޓު ހެދުމަށާއި، އިންޓަގްރޭޓަޑް ޓޫރިޒަމް ތަރައްޤީ ކުރުމަށާއި،ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ތަރައްޤީ ކުރުމަށާއި، ޕްރައިވެޓް އައިލެންޑް ތަރައްޤީ ކުރުމަށް ކުއްޔަށް ދޫކުރާނެ ރަށްރަށާއި ބިންބިމާއި ފަޅުފަޅާއި، އަދި ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓް ގެސްޓްހައުސްއާއި ޔޮޓު ބަނދަރު ހަދާނެ ތަންތަނާއި، ޓޫރިޒަމްގެ ބޭނުމަށް ތަރައްޤީކުރެވޭ އެނޫންވެސް ތަންތަނާއި ސަރަޙައްދުތައް ކަނޑައަޅާނީ، ރައީސުލްޖުމްހޫރިއްޔާ އެވެ.

އެހެންކަމުން އެ ޤާނޫނުން ރައީސަށް ލިބިދޭ ބާރުގެ ދަށުން، އައްޑޫސިޓީ "ހަންކެޑެ" އަދި ގާފަރުފަޅަކީ ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަކާއި އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ތަރައްޤީކުރާ ސަރަހައްދުތަކެއް ކަމުގައި ކަނޑައަޅައި، އެ ސަރަހައްދުތައް ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާވާ ކުންފުންޏެއް ކަމުގައިވާ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑަށް ކުއްޔަށް ދިނުމަށް ކަނޑައަޅާ ގަރާރުގައި ވެއެވެ.

މިއަންނައަހަރުގެ ބަޖެޓުގައި4 ރަށެއް ހިއްކައިގެން ޓޫރިޒަމްށް ހާއްސަ ކުރަން ވަނީ ނިންމާފައެވެ.

ގާފަރު ފަޅު ހިއްކައިގެން ޓޫރިޒަމް އެތާނގައި ތަރައްގީ ކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ. އައްޑޫ ހަންކެޑަ އަކީ ތަފާތު ފަހަރުތަކުގެ މަތީން ޓޫރިޒަމް ތަރައްގީ ކުރަން މަސައްކަތް ކޮށްފައިވާ ރަށެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް