ads
ދެކުނަށް މަސްވެރިކަން ރަނގަޅުވެ ދޯނިތައް މަސްބާނަނީ. ފޮޓޯ: ޒުވާން މަސްވެރިޔާ
މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅުވެ ރެކޯޑް އަދަދަކަށް މަސްކިރުވައިފި
ރާއްޖޭގެ ސަރަހައްދަށް ކަނޑު މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅުވެ މިފްކޯއަށް ރެކޯޑް އަދަދަކަށް މަސްކިރުވައިފިއެވެ.

މިދުވަސްވަރު މަސްވެރިކަން އެންމެ ރަނގަޅީ ރާއްޖޭގެ ދެކުނަށެވެ. މިއީ މިއަހަރުގައި މަސްވެރިކަން މިހާވަރަށް ރަނގަޅުވި ފުރަތަމަ ފަހަރެވެ. 

" ސީއެންއެމް " އަށް މައުލޫމާތު ދެމުން މިފްކޯގެ އޮފިޝަލަކު ވިދާޅުވީ އިއްޔެ އެކަނި ވެސް 574 ޓަނުގެ މަސް ކިރުވާފައިވާ ކަމަށެވެ. އަދި ޑިސެމްބަރު މަހު އެއް ވަނަ ދުވަހު މިފްކޯއަށް ވަނީ 478 ޓަނުގެ މަސް ކިރުވާފައެވެ. ފައިސާގެ އަދަދުން ބަލާނަމަ އެއީ 91 މިލިއަން ރުފިޔާއެވެ. 

ފިނިކުރި މަސްކިލޯއެއްގެ އަގު މިހާރު އުޅޭނީ 16 ރުފިޔާއަށެވެ. 

މަސް ފިނިކުރުމާއި ރައްކާކުރުމުގެ މަސައްކަތް ހަރުދަނާ ކުރުމުގެ ގޮތުން މިފްކޯއިން ވަނީ މިއަހަރު އިތުރު ދެ ބޯޓު ގެނެސްފައެވެ. 

އެއީ 2400 ޓަނު މަސް ރައްކާކުރެވޭ ބޮޑު ބޯޓެކެވެ. އަދި ދުވާލަކަށް 100 ޓަނުގެ މަސް ފިނިކުރެވޭ އަދި 380 ޓަނު ރައްކާކުރެވޭ ބޯޓެއް ވެސް ވަނީ ގެނެސްފައެވެ. މި ދެ ބޯޓު ވެސް މިހާރުވަނީ އޮޕަރޭޝަންގައި ކަމަށް މިފްކޯއިން މައުލޫމާތުދެއެވެ. 

މިދިޔަ އަހަރާއި އަޅާބަލާއިރު 2021 ވަނަ އަހަރުގެ މިހާތަނަށް 37659 ޓަނުގެ މަސް ވަނީ ރާއްޖެއިން އެކްސްޕޯޓު ކޮށްފައެވެ. މިއީ 2020 ވަނަ އަހަރާއި އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ. 

83%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް