ads
އާކުން ވަނީ މިއަދު އެނދުތައް ހަވާލު ކުރުމުގެ ޕްރޮގްރާމް ފައްޓާފައި ފޮޓޯ:އާކް
ދާންމަތިވެފައިވާ ކުދިންނަށް 20 ހޮސްޕިޓަލް އެނދު އާކުން ހަދިޔާކޮށްފި
ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެޑްވޮކޭޓިން ރައިޓްސް އޮފް ޗިލްޑްރެން (އާކުން) ހިންގި ހަރަކާތް ތަކުގެ ތެރެއިން ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ދާންމަތިވެފައިވާ ކުދިންނާ ހަވާލުކުރުމަށްޓަކައި، އާކުގެ ފަރާތުން އެޑޮޔުކޭޝަން މިނިސްޓްރީ އާ 20 ހޮސްޕިޓަލް އެނދު މިއަދު ހަދިޔާކޮށްފައެވެ.

އާކުން ބުނީ މިއެނދުތަކަކީ ގޭގޭގައި ކިޔަވމުންދާ ދަރިވަރުންނަށް ހަދިޔާ ކުރެވުނު އެނދުތަކެއް ކަމަށެވެ.

"ޓީޗަރުން ގޭގެއަށް ގޮސް ކިޔަވައިދެއްވާ ދަރިވަރުންނަށް ދެވޭ އެނދުތަކެއް. މިއަދު ފުރަތަމައެނދު އަޅުގަނދުމެން މިގެންގޮސް ދިނީ" އާކްގެ އޮފިޝަލަކު ވިދާޅުވިއެވެ.

މި އެނދުތަކުގެ ސަބަބުން އެ ކުދިންގެ އާންމު ދިރިއުޅުމަށް ހެޔޮބަދަލުތަކެއް އަންނާނެކަމަށާއި، އެ ކުދިންގެ އާއިލާއަށް އަދި ތައުލީމު ފޯރުކޮށްދިނުމުގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނާއެކު މަސައްކަތްކުރާ ޓީޗަރުންނަށްވެސް ފަސޭހަވެގެންދާނެކަމަށް އާކުން ދެކެއެވެ.

މިކަން ފާހަގަ ކުރުމުގެ ގޮތުން ހުޅުމާލޭ ޣާޒީ ސްކޫލުގެ ދަރިވަރަކާވަނީ މިއަދު އެނދު ހަވާލުކޮށްދެއްވާފައެވެ. 

މި އެނދު ހަވާލު ކޮށްދެއްވަމުން އާކުން މިފަދަ ދަރިވަރުންގެ ލާބައާއި މަންފާއަށް ކޮށްދެއްވާ މަސައްކަތް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ މިނިސްޓަރުގެ ނާއިބު،  މުހައްމަދު އިހްސާން ފާހަގަ ކުރައްވާ އާކްއަށް ޝުކުރު އަދާކުރެއްވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް