އެރަށު ބިން ހިއްކުމާއި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއަކީ ޖުމްލަ 113.3 މިލިއަން ރުފިޔާ ހަރަދުވާ މަޝްރޫއެކެވެ.
އެމްޓީސީސީން ބުނީ، އެ މަސައްކަތް ކުރުމަށް ކަޓާ ސަކްޝަން ޑްރެޖާ - ޖައްރާފާ 2 އިން އިއްޔެ މަސައްކަތް ފަށައިފައިވާ ކަމަށެވެ.
ފެލިވަރުގައި ކުރިއަށް ގެންދާ އެ މަޝްރޫއުގެ ދަށުން ހަ ހެކްޓަރުގެ ބިން ހިއްކުމާއި، 229,663.36 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 220 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުން ހިމެނެވެއެވެ.
މީގެ އިތުރުން 148 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 270 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް މި މަޝްރޫއުގެ ދަށުން ކުރިއަށްދާނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.