ads
ފޮޓޯ/ ދިވެހި މަސްވެރިން .....ޝޯޝަލް މީޑިއާ
ކަނޑުމަހުގެ ހައްގުމިންވަރު ކަށަވަރުކޮށްދިނުމަށް އެދި، ނިލަންދޫ ކައުންސިލުން ގަރާރެއް
މަސްވެރިންނަށް ހައްގުމިންވަރު ކަށަވަރު ކޮށްދިނުމަށް އެދި ދައުލަތުގެ ކަމާއިބެހޭ ފަރަތްތަކަށް ގޮވާލައި ގއ ނިލަންދޫ ކައުންސިލުން ގަރާރެއް ނެރެފި އެވެ.

ކައުންސިލުން ނެރުނު ގަރާރުގައިވަނީ މަސްވެރިން ކިރުވާ ކަނޑުމަސް ކިލޯއެއް އަގަށް ދެމުން އައި 20 ރުފިޔާ އިޔާދަ ކޮށްދިނުމަށާއި، ނުވަތަ އެއަށްވުރެ މަތީ އަގެއް ކަނޑުމަސް ކިލޯއަކަށް ކަނޑައަޅައި، ދިވެހި މަސްވެރިންނަށް ހައްގުތަށް ކަށަވަރުކޮށް ދިނުން އެދޭ ކަމަށެވެ. 

ނިލަންދޫ ކައުންސިލުން ފާސް ކޮށްފައިވާ އެގަރާރުގައި ފާހަގަކޮށްފައިވަނީ މަސްވެރިންނަކީ، ވެހޭ ވާރެއާއި ދޭހާ އަވީގައާއި ގަދަ ވަޔާއި ބިޔަ ރާޅުތަކުގެ ތެރޭގައި ،  ބުރަކޮށް ރެއާއި ދުވާލު މަސައްކަތް ކުރަމުންދާ ގައުމުގެ ބިންގާކަމަށާއި، ދައުލަތުގެ ހިންގުމުގެ ނިޒާމްތަކުގެ ތެރެއިން މަސްވެރިންނަށް ދިމާވަމުންދާ ގޮންޖެހުންތައް ހުއްޓުވޗަން ޖެހޭ ކަމަށެވެ.

އޭގެ އިތުރުން މަސްވެރިން ބާނާ މަހުގެ ކޮންމެ ޓަނަކުން އުނި ކޮށްފައިވާ 4000 ރުފިޔާ ވަގުތުން އިޔާދަ ކޮށްދިނުމަށާއި ދިވެހި މަސް ކަނޑުތަކުން ބޭރު ގައުމުތަކުން ވަދެ ނަގަމުންދާ މަސްނެގުން ހުއްޓުވުމަށް ވެސް ގަރާރުގައި ގޮވާލާފައި ވެއެވެ.

ކައުންސިލްގެ ޖަލްސާގައި ބައިވެރިވި ހަތަރު މެމްބަރުންގެ ތެރެއިން ތިން މެމްބަރެއްގެ ވޯޓުން މިގަރާރު ފާސްވެފައި ވާ އިރު، މިޖަލްސާއަކީ އެ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 28 ވަނަ ޖަލްސާއެވެ.

  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް