ads
ރަހީނު ކުރެވުނު ސިފައިންގެ މީހެއް ހޮސްޕިޓަލުގައި
ރަހީނު ކުރުންވެސް އާންމުވެ، ނެޓްވޯކްތައް އުފެދިފައި!
ފަހަކަށް އައިސް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ވައްކަމާއި ފޭރުމުގެ މައްސަލަތައް އިތުރުވަމުން އަންނަކަމަށް، ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ވަނީ ބުނެފައެވެ.

ދިވެހިރާއްޖޭގައި އަމާން ވެއްޓެއް ނެތް މައްސަލައަކީ އިއްޔެއަކު މިއަދަކު ފެށިގެން އުޅޭ ކަމެއް ނޫނެވެ. މިއީ ޒަމާން ބަދަލުވެ އިންސާނާގެ ހިތް ޒަމާނީ ފޭރާމުން ފޭރާން ލާން ގަސްތުކުރެވުނު ހިސާބުން ދިމާވަމުން އަންނަ މައްސަލަތަކެވެ. ނަމަވެސް މި ދިވެހި ރާއްޖޭގައި، ދުވަހެއް ދުވަހަކަށް މައްސަލަ ތަށް އިތުރުވެ، ބިރުވެރި ނާމާން ޖަންގައްޔަކަށް ވަނީ ވެފައެވެ. ހާއްސަކޮށް މާލޭގައެވެ. ޗީޕް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، ބިރުދައްކައިގެން ފޭރުމާއި ބްލެކްމެއިލްކޮށްގެން ފައިސާ ހޯދުމުގެ މައްސަލަތައް ހުށައަޅާ މިންވަރު އިތުރުވަމުން އަންނަކަމަށެވެ.

މިބާވަތުގެ ކުށްކުރާ މީހުންގެ ޓާގެޓަކަށް ވެފައި އޮތީ އުމުރުން ދުވަސްވީ މީހުންނަށްކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ. އަދި މި ނޫނަސް އެކި އުމުރުފުރައިގެ މީހުންނަށް އަމާޒުކޮށް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ފޭރުމުގެ އަމަލުތައް ހިންގަމުން އަންނަކަން އޭނާ ފާހަގަ ކުރެއްވިއެވެ. އެގޮތުން އެކިއެކި ބޭނުންތަކަށް މާލެ އަށް އަންނަ ފަރާތްތަކާއި، އޮޑިދޯނިފަހަރުގައި ތިބޭ މީހުންނާއި، މަސްވެރިންނަށް އަމާޒުކޮށްގެންވެސް އެފަދަ އަމަލުތައް ހިންގަމުން އަންކަމަށް އޭނާ ވިދާޅުވިއެވެ. ޝިފާއު ވިދާޅުވީ މިފަދަ ކަންކަން ކުރަމުން އަންނަނީ މީގެ ކުރިންވެސް ވައްކަމާއި ފޭރުމާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރު ކޮށްފައިވާ އަދި ކުށުގެ ރެކޯޑް އޮންނަ ފަރާތްތަކުން ކަމަށެވެ. އަދި މިފަދަ މައްސަލަތަކުގައި އުމުރުން 18 އަހަރު ނުވާ ކުޑަކުދިންވެސް ބައިވެރި ކުރުވަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ކުށްކުރުން ދަނީ އިތުރު ވަމުންނެވެ. ދެބަސްވާނެ މީހަކު ނެތެވެ. ފުލުހުންނަށް ހުށަހެޅޭ މައްސަލަތައްވެސް ދަނީ އިތުރުވަމުންނެވެ. އެހެންނަމަވެސް ކުށްކުރުން މަދުވަމުންދާ ތަނެއް ނުފެނެއެވެ.
ފުލުހުން ގެންދަނީ މީހުން ރަހީނު ކުރުމުގެ މައްސަލަތަކެއް ތަހުގީގު ކުރަމުންނެވެ. މިއީ މިހާރު އާންމު ވަމުންއަންނަ މުޅިން އާ ވައްތަރެކެވެ. ފުލުހުން ތަހްގީގު ކުރަމުން އަންނަ މައްސަލަތަކުގެ ތެރެއިން މިފަދަ މައްސަލަތަކަކީ ސޯޝަލް މީޑިއާގެ ޕްލެޓްފޯމް މެދުވެރިކޮށް ހިންގާފައިވާ ކުށްތަށް ކަމަށާއި، މި މައްސަލަތަކުގައި ޖުމްލަ 12 މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ފާހަގަ ކޮށްފައި ވެއެވެ. މީގެ ތެރޭގައި ގިނައީ 21 އަހަރުން މަތީގެ ފިރިހެނުން ކަމަށްވެސް ފުލުހުން ބުނެފައިއެވެ. މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ތޫނު އެއްޗެހިން މީހުންނަށް ހަމަލާދީ ބިރުދެއްކުމާއި، އަނިޔާ ލިބޭފަރާތަށް ބިރުދައްކައިގެން ބަރަހަނާކޮށް ވީޑިއޯ ނެގުމަށްފަހު ފައިސާ އަތުލާފައިވާ މީހުން ވެސް ހިމެނޭ ކަމަށްވެސް ބުނެފައި ވެއެވެ.

ބިރުވެރިކަން އޮތީ އިންތިހާއަށެވެ. މައްސަލަތައް ރިޕޯޓު ކުރެވުނު ނަމަވެސް ކޮންމެވެސް ހިސާބަކުން މީހުން ދޫވެއެވެ.

ފުލުހުން ވަނީ މިފަދަ ގިނަ މައްސަލަތައް ހިންގަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓް ފޯމްތައް މެދުވެރި ކޮށް ކަމަށްކަމަށާއި، ވައިބަރއާއި، ސްނެޕްޗެޓާއި ޓެލެގްރާމް ބޭނުންކޮށް ޗެޓް ކުރުމަށްފަހު ގާތް ގުޅުންތައް އުފެއްދުމަށްފަހުކަން ފުލުހުން ފާހަގަކުރެއެވެ. އަދި ޗެޓް ކުރުންފަދަ ކަންކަން އަންހެނުން ލައްވައި، ކުރުވުމަށްފަހު ބައްދަލުކުރަން ބޭނުންވާ ހިސާބުން ފޭރުމުގެ ހާދިސާ ހިންގާކަމަށާއި އެކަމަށް ދުރާލާ އިތުރު މީހުން ހިމެނޭ ގުރޫޕްތަކުން ތައްޔާރުގައި ތިބޭކަމަށްވެސް ފުލުހުން ވަނީ ފާހަގަ ކޮށްފައެވެ.

your imageފޮޓޯ: ޕޮލިސް 

ފުލުހުން ވިދާޅުވީ މިފަދަ މައްސަލަތައް އިތުރުވިނަމަވެސް ރިޕޯޓް ކުރާ މިންވަރު މަދުކަމަށެވެ. މިހާތަނަށް ތަހްގީގަށް ފާހަގަވެފައިވާ ގޮތުން އެފަދަ މައްސަލަތައް ރިޕޯޓް ކުރުން މަދުވަނީ ނުވަތަ ނުކުރަނީ އަނިޔާ ލިބޭ ފަރާތުގެ ބަރަހަނާ ވީޑިއޯ ފޮޓޯތައް އެމީހުންގެ އަތުގައި ހުރުމުގެ ސަބަބުން ނުކެރިގެންނެވެ. އަދި ކަން ހިނގައިދާ ގޮތްތައް ކިޔާދޭން ބޭނުންނުވާ ހާލަތްތައްވެސް އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ. ނަމަވެސް މިފަދަ ހާދިސާއެއް ދިމާވެއްޖެނަމަ ލަސް ނުކުރައްވާ ރިޕޯޓް ކުރުމަށާއި ސަމާލުވުމަށް  ފުލުހުން އިލްތިމާސް ކުރެއެވެ.

ކުށުގެ ވެށިން ތެމިފޯވެފައިވާ މި ދިވެހިރާއްޖެ އަމާން ވެއްޓަކަށް ހެދޭނީ، ކޮންގޮތަކުން ހެއްޔެވެ؟ ފާޅުގައި އިސްލާމް ދީނުގެ ޝިއާރުތަކަށް ގޮންޖަހަމުންދާ މީހުން އެބަތިއްބެވެ. އެހެން މީހުން އެއީ ދީނުން ބޭރުވެފައިވާ މީހުން ކަމަށް ބުނާ މީހުންވެސް އެބަތިއްބެވެ. ހަށިވިއްކަމުންދާ މީހުން އެބަތިއްބެވެ. ފިރިހެނުންނާއި އަންހެނުން މަސްތުގެ ވަބާގެ ޝިކާރައަކަށްވެ، އަދަމުން ދަނީ ކިހާ ވަރަކަށް ކަމެއް އެނގޭކަށް ނެތެވެ. 

މުއައްސަސާތައް ތިބީ ބަސް ހުއްޓިފައެވެ. މީހުން މެރުން އާއްމުވަނީ އެވެ. ތިމާއަށް ތިމާގެ ރައްކާތެރިކަން ކަށަވަރު ނުކުރެވޭ ހިސާބަށް ކަންތަށް ހިނގައްޖެއެވެ. މީހުން ރަހީނުކުރުމުގެ ބޮޑު ނެޓްވޯކެއް ވިލިމާލޭގައި އޮންނަކަމަށް ވެސް ފުލުހުން ވަނީ ފާހަގަ ކޮށްފައެވެ. ބިރުވެރި ކަމުގެ ކޮޅުނެތް ކޮޅަށް ބިރުވެރިކަމެވެ. 

your imageތޫނު ހަތިޔާރުތަކެއް - ފޮޓޯ: ފުލުހުން

މާލޭގެ މަގުތަށް އަމާންތަނަކަށް ހެދުމަށް ދިވެހި ފުލުހުން ނުކުންނަން ވީ ވަގުތު ޖެހިއްޖެއެވެ. އެތަށް ބައެއްގެ ފުރާނައިގެ ހައްގުގައެވެ. ރޭގަޑުގެ އަދިރީތެރެއިން އަންނަ ހިޔަނިހެން ޝިކާރަވެރިއާ، ދަމާ ކޫއްތާ ގެންގޮސް އަބުރާ އިއްޒަތް ފޭރިގަނެ  ތޫނު ހަތިޔާރުގެ އަޅަކަށް ވާކަށް އެއްވެސް މީހަކު ބޭނުމެއް ނުވާނެއެވެ. ޝިކާރަވެރިންގެ އަތްދަށުުން މިންޖުވާން އޮތް ކޮންމެގޮތެއް، ހޯދާ އެކަމަށް ފިޔަވަޅު އަޅަން ޖެހެއެވެ. 

އެކަންކުރަން ތިބީ ކޮންބައެއް ހެއްޔެވެ. ފުލުހުންނެވެ. މުއްސަސާ ތަކެވެ. ފުލުހުން ބުނަނީ ތަހުގީގު ހިންގުމަށްފަހު އެކަ މަރުހަލާ ތަކުން މީހުން ދޫވާ ކަމަށެވެ. އަދި އެއީ ފުލުހުންގެ ސަބަބުން ކަމަކަށް ފުލުހުން ނުދެކެވެ. އެހެންކަމަށްވާނަމަ ގާނޫނުތައް ބަދަލު ކޮށްގެންވެސް ރައްޔިތުންނަށް މިނިވަންކަމާއެކު އުޅެވޭނެ ވެއްޓެއް ގާއިމު ކޮށްދޭން ޖެހެއެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް