ads
ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގަނީ- ފޮޓޯ: ކޭއާރުއެޗު
ައަތޮޅުތެރެ ގޯހުން ގޯހަށް! މިއަދު 9 ރަށް މޮނިިޓަރިންއަށް
ކޮވިޑް19 ގެ ހާލަތު އަތޮޅުތެރޭގައި ވަރަށް ބޮޑަށް ގޯސްވެ، މިއަދު އެކަނި 9 ރަށް މޮނިޓަރިންގްއަށް ލައިފިއެވެ.
Advertisement

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން، އިއްޔެ އެކަނިވެސް ރާއްޖެއިން 212 މީހަކު ވަނީ ޕޮޒިޓިވްފެފައެވެ. އޭގެތެރެއިންވެސް ގިނައީ އަތޮޅުތެރޭގެ ސާމްޕަލްތަކެވެ. އިއްޔެ އަތޮޅުތެރެއިން 188 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. 

ޖުމްލަ މިހާތަނަށް ކޮވިޑްބަލީގައި ރާއްޖެއިން 258 އަށް މީހަކު މަރުވެފައިވާއިރު، މިހާރުވެސް ހޮސްޕިޓަލުގައި 15 މީހަކު ދަނީ ފަރުވާ ހޯދަމުންނެވެ. 

އައްޑު ސިޓީ މޮނިޓަރިންގައި އޮންނަތާ މިހާރު ހަތަރު މަސްވެފައި ވާއިރު އަދި ވެސް އައްޑޫގެ ކޮވިޑް ހާލަތު ކޮންޓްރޯލް ވާގޮތެއްނުވެއެވެ. 

މިއަދު މޮނިޓަރިންނަށް ލާފައިވާ ރަށްތަކަކީ ހދ. ހަނިމާދޫ، ބ.އަތޮޅުގެ އޭދަފުށި، ދޮންފަނު، ނ. އަތޮޅުގެ ލަންދޫ، މިލަންދޫ، އަދި ޅ. ހިންނަވަރާއި، ތ. ހިރިލަންދޫ، އަދި ގދ. ރަތަފަންދޫއެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް