ads
ލަވާރސް ގައި ފެނިގެންދާނެ ތަރިން…
ވިދްޔާގެ "ލަވާސް"ގެ ޝޫޓިން ވެސް ނިމުމަކަށް!
އެލިޕްސިސް އެންޓަޓެއިންމެންޓުގެ ކުޑައިގެ ދަށުން ތަނުޖް ގާގް އާއި އަތުލް ކަސްބޭކަރް އާއި ސަމީރް ނައިރް ގުޅިގެން ޕްރޮޑިއުސްކުރާ "ލަވާރސް" ގެ ޝޫޓިން މި މަހު 15 ވަނަ ދުވަހު ނިމޭނެ ކަމަށް ރިޕޯޓްކޮށްފިއެވެ.

މިދިޔަ އޮކްޓޯބަރު މަހު ތެރޭގައި ޝޫޓިން ފެށި އެ ފިލްމުގެ ޝޫޓިން ތާވަލް ކޮށްފައިވެސް ވަނީ 45 ދުވަހުގެ ތެރޭގައި ނިންމާ ޕޯސްޓް ޕްރޮޑަކްޝަން އަށް ގެންދާ ގޮތަށެވެ.

އަންނަ ބުދަ ދުވަހު އޫޓީގައި ”ލަވާރސް“ ގެ ޝޫޓިން ނިންމަން ހަމަޖެހިފައިވާއިރު އެ ފިލްމަކީރޮމޭންޓިކް ޑްރާމާ ފިލްމެއްކަން ފާހަގަކޮށްލެވެއެވެ.

އަލަށް ޑައިރެކްޝަނަށް ނުކުމެގެން އުޅޭ ޝިރްޝާ ގޫހާ ޓާކުރްތާ ޑައިރެކްޓްކުރާ އެ ފިލްމުގެ ލީޑުން ފެންނާނީ ބެލުންތެރިންގެ މެދުގައި މަގުބޫލުވި ފިލްމުތަކަކުން ފެނުނު ވިދްޔާ ބާލަން އެވެ.

ވިދްޔާގެ އިތުރުން ދެން މައިގަނޑު ތަރިންގެ ގޮތުގައި "ލަވާރސް" ގައި ފެނިގެންދާނީ  ޕްރަތީކް ގާންދީ އާއި ބަތަލާ އިލިއާނާ ޑީ ކްރޫޒް އާއި ސެންދިލް ރާމާމުރްތީ އެވެ.

އިންޑިއާގެ ނޫސްތަކަށް ވެސް މާ ބޮޑަށް ތިލަ ނުކޮށް ޝޫޓިން ކުރިއަށް ގެންދާ އެ ފިލްމުގެ މާގިނަ ތަފްސީލްތަކެއް ފިލްމުގެ ޓީމުން ހިއްސާކޮށްފައި ނުވާއިރު އެ ފިލްމު ސިނަމާތަކަށް ގެންނާނީ ކޮން އިރަކުން ކަމެއް ވެސް އަދި އިއުލާނެއް ނުކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް