ads
އިންސާނީ ހައްގުތަކުގެ ދުވަހުގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ ފޮޓޯ ރައީސް އޮފީސް
ސަރުކާރުގެ ނުފޫޒެއް އެއްވެސް މުއައްސަސާއަކަށް ނޯންނާނެ: ރައީސް
މިއަދު ސަރުކާރުގެ އެއްވެސް ނުފޫޒެއް އެއްވެސް މިނިވަން މުއައްސަސާއަކަށް ނޯންނާނެކަމުގެ ޔަޤީންކަން ދެއްވާކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހާއި، އެޗް.އާރް.ސީ.އެމް.އަށް 18 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަދާޅުވީ އެޗްއާރުސީއެމްއަށް އެ ކޮމިޝަންގެ ވޭތުވެދިޔަ ތާރީޚުގައި ކުރިމަތިވި ސިޔާސީ ފިއްތުންތަކެއްގެ ސަބަބުން، ކޮމިޝަންގެ ޙަޤީޤީ ޒިންމާ އަދާކުރެވިފައިވާ ކަމަށް އެމަނިކުފާނަށް ދެންނެވޭކަށް ނެތް ކަމަށެވެ. އެހެންނަމަވެސް މިހާރު ސަރުކާރުގެ އެއްވެސް ނުފޫޒެއް އެ ކޮމިޝަނަށް، އަދި އެހެން މިނިވަން މުއައްސަސާއަކަށްވެސް ނޯންނާނެކަން ޔަޤީންކަމާއެކުގައި ދަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން އެ ކޮމިޝަނަށް ކަށަވަރުކޮށްދީފައިވާ މިނިވަންކަމުގެ ސަބަބުން، ރާއްޖޭގައި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް، ޙައްޤުތައް ލިބިދޭ މިންވަރާމެދު ސަރުކާރު ޒިންމާދާރު ކުރުމުގައި، އެ ކޮމިޝަންގެ ދައުރު މިހާރު އަންނަނީ ފުޅާވަމުން. ކަމަށާއި އެއީ ހެޔޮ ފާލެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ޖަލުގައި ބަންދުކޮށްފައި ތިބި މީހުންނާއި، ސަރުކާރުގެ ބެލުމުގައި ތިބި ތަންތަނަށް ޒިޔާރަތްކޮށް ފެނުނު ކަންތައްތަކުގެ ރިޕޯޓް ސަރުކާރަށް ހުށަހަޅުއްވާފައި ވާނެކަމަށް އެޗްއާރުސީއެމްގެ ރައީސް ވަނީ މި ޖަލްސާގައި ވިދާޅުވެފައެވެ. މިކަމާ ގުޅިގެން ރައީސް ވިދާޅުވީ އެހުރިހާ ކަމަކަށް އެޓެންޑް ވާނެ ކަމަށެވެ.

"އަޅުގަނޑު ޔަޤީންކޮށް މިރޭ ތިޔަބޭފުޅުންނަށް އަރުވަން. އެ ހުރިހާ ކަމަކަށް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެޓެންޑްވެ، އެ ކަންތައްތައް ކުރިއަށް ގެންދާނެ ވާހަކަ." ރައީސް ސޯލިހު ވިދާޅުވިއެވެ. 

ރާއްޖޭގެ ނާޒުކު ތިމާވެށި ޙިމާޔަތްކުރުމަކީވެސް، އިންސާނީ އަސާސީ ޙައްޤުތަކުގެ ޙިމާޔަތަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި ޤާނޫނުއަސާސީގައި ވަރަށް ސާފުކޮށް އެ ވާހަކަ ބަޔާންކޮށްފައި އެބައޮތްކަމަށް ރައީސް ވިދާޅުވިއެވެ. މާކަނޑުގެ ރާޅުތަކާއި، ގަދަ އޮއިވަރާއި، އުދަބާނިތަކުން، މި ޖަޒީރާތައް ރައްކާތެރިކޮށްގެން ނޫނީ، ދިރިހުރުމުގެ ޙައްޤުވެސް އަދި ބަނޑުފުރާނަ މުއްތިކުރުމަށް އާމްދަނީ ހޯދުމުގެ ޙައްޤުވެސް ރައްކާތެރިއެއް ނުކުރެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިންސާނާގެ ޒާތާ ގުޅިފައިވާ އަދި އިންސާނާގެ ވަށައިގެންވާ މާހައުލުގެ އެންމެހައި ކަންކަމަކީ، އިންސާނީ ހައްގުތަކާ ގުޅިފައިވާ ކަންކަންކަމަށާއި،އެހެންކަމުން، އަޅުގަނޑުމެންގެ އަމިއްލަ ނަފްސުގެ ޙައްޤުތަކަށް ރައްކާތެރިވާ ފަދައިން، އަޅުގަނޑުމެންގެ ވެށި ޙިމާޔަތްކުރުމަށް ސަމާލުކަން ދޭންޖެހޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އުންމީދަކީ، ރާއްޖޭގައި އިންސާނީ ހައްގުތައް ކުރިއަރުވައި ރައްކާތެރިކޮށް ދެމެހެއްޓުމަށް، ހިއުމަން ރައިޓްސް ކޮމިޝަންގެ ފަރާތުން މަސައްކަތް ކުރައްވާއިރުވެސް، އިންސާނީ ހައްގުތަކާ ގުޅިފައިވާ ހުރިހާ ދާއިރާތަކަށް މިހާރަށްވުރެ ބޮޑު ސަމާލުކަމެއް ދެއްވައިގެން އެ މަސައްކަތް ކުރެއްވުން ކަމަށެވެ. އަދި އަޅުގަނޑުމެން މި ބޭނުންވާ ހައްގުތައް ލިބެނީ ވަށައިގެންވާ މާޙައުލުންކަން އަޅުގަނޑުމެންގެ ސިކުނޑިތަކުގައި މިހާރަށްވުރެ ބޮޑަށް އެބަ ހަރުލައްވަންޖެހޭ ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް