އަދި މީގެ އިތުރުން މި މި މަޝްރޫއުގެ ދަށުން އެއްގަމުތޮށި ލުމަށްޓަކައި ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް 11 ޑިސެމްބަރ 2021 ވަނަ ދުވަހު ފަށާފައިވާކަމަށް ވެސް އެ ކުންފުނިން މައުލޫމާތުދެއެވެ.
ހަންޏާމީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު -- ފޮޓޯ: އެމްޓީސީސީ
ހަންޏާމީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، 6,363.1 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 204 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 266 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 160 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1,330 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމާއި މަގުބައްތި ހަރުކުރުން ހިމެނެއެވެ.
ހަންޏާމީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު -- ފޮޓޯ: އެމްޓީސީސީ
މި މަޝްރޫއަކީ 32.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.