ads
ފޮރިން މިނިސްޓްރީ އިމާރާތް..
ވިސާނެގުމުގެ ކަންކަމަށް ސަމާލު ވުމަށް ފޮރިން މިނިސްޓްރީން އެދިއްޖެ
ވިސާ ނެގުމުގެ ކަންކަމުގައި މިހާރަށްވުރެ ސަމާލު ވުމަށް ފޮރިން މިނިސްޓްރީން އެދިއްޖެއެވެ.
Advertisement

ޗުއްޓީއަށާއި، ވިޔަފާރި އަދި ތައުލީމު ހާސިލްކުރުމަށާއި ކުޅިވަރު މުބާރާތް ތަކުގައި ބައިވެރި ވުމަށް ބޭރުގެ ބައެއް ގައުމު ތަކަށް ދަތުރު ކުރުމުގައި ވިސާ ނަގަން ޖެހެއެވެ.  

މިފަދަ ބޭނުން ތަކަށް ބޭރު ގައުމު ތަކަށް ދަތުރު ކުރެއްވުމުގެ ކުރިން ވިސާގެ ކަންކަން އޮންނަ ގޮތުގެ މައުލޫމާތު ސާފުކޮށް، ދަތުރު ކުރުމުގެ ކުރިން ދުރާލާ ވީހާވެސް އަވަހަށް ވިސާގެ ކަންތައް ހަމަ ޖެއްސުމަށް ސަމާލުކަން ދިނުމަށް، އެ މިނިސްޓްރީން ވަނީ އެދިފައެވެ.

ޔޫތު މިނިސްޓްރީއާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާއި އަދި ދިވެހިރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަން ތަކާއި ގުޅިގެން، ބޭރުގެ އެކިއެކި ކުޅިވަރު މުބާރާތް ތަކުގައި، ވާދަކުރާ ދިވެހި އެތުލީޓުންނަށް ފުރުސަތުތައް ފަހިކޮށް ދިނުމަށާއި، މުބާރާތް ތަކުގައި ބައިވެރިވާ ފަރާތް ތަކުގެ ވިސާފަދަ އިންތިޒާމު ތައް ހަމަ ޖެއްސުމަށް އެމިނިސްޓްރީން އަބަދުވެސް އެހީތެރި ކަން ފޯރުކޮށް ދެމުން އެންދާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

އެހެން ނަމަވެސް ފޮރިން މިނިސްޓްރީން ބުނީ  ބައެއް މުބާރާތް ތަކުން ދިވެހި އެތުލީޓުންނަށް ފުރުސަތު ލިބޭއިރު، މުބާރާތް އޮންނަ ތާރީހު އޮންނަނީ ވަރަށް ކައިރިވެފައި ކަމަށެވެ. 

އެހެންވެ، އެ ގައުމުތަކަށް ދަތުރު ކުރުމަށް ބޭނުންވާ ވިސާ ހޯދުމަށް ދަތިތަކާ ކުރިމަތިވާކަމަށެވެ.

މިފަދަ ހާލާތް ތަކުގައި އެގައުމު ތަކުގެ ސަރުކާރު ތަކާއި ގުޅިގެން ކުރެވޭ މަސައްކަތުން ވިސާ ލިބޭނެ އިންތިޒާމު ހަމަ ޖެހުނު ނަމަވެސް، ވިސާ އެޕްލިކޭޝަން ސެންްޓަރު ހުންނަ ގައުމަށް ދަތުރު ކުރުމާއި, ވިސާ ޕްރޮސެސް ކުރުމަށް އެކަށީގެންވާ ވަގުތު ނެތުމުގެ ސަބަބުން އެފަދަ މުބާރާތް ތަކުގައި ބައިވެރި ވުމަށް ދިވެހި އެތުލީޓުން ނަށް ހުރަސްތައް ކުރިމަތި ވަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.

ދިވެހި އެތުލީޓުން ނަށް ލިބޭ ފުރުސަތު ތަކުގެ ބޭނުން ހިފުމަށް އެ އެތުލީޓުންނަށާއި ކުޅިވަރު އެސޯސިއޭޝަންތަކަށް އެ މިނިސްޓްރީން ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން މިހާރެކޭ އެއްފަދަ އިން ކުރިއަށް އޮތްތަނުގައި ވެސް ދޭނެ ކަމުގެ ފުރިހަމަ ޔަގީން ކަން ވެސް ފޮރިން މިނިސްޓރްީން ދެއެވެ.

މި ދުވަސްވަރަކީ ކޮވިޑް-19ގެ ސަބަބުން، އާއްމު ކޮށް ވިސާ ނެގުމުގައި ހޭދަވާ މުއްދަތަށް ވުރެ ދިގު މުއްދަތެއް ހޭދަވާ ދުވަސްވަރެއް ކަމަށް ވުމާއެކު، ވިސާ ނެގުމުގައި އިތުރު ހާއްސަ ސަމާލު ކަމެއް ދެއްވަން ޖެހޭކަމަށް ވެސް މިނިސްޓްރީން ބުނެފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް