ads
ބ. ފެހެންދޫ ބަނދަރު-- ފޮޓޯ: އެމްޓީސީސީ
ފެހެންދޫ ބަނދަރުގެ އަމަލީ މަސައްކަތް ނިމިއްޖެ: އެމްޓީސީސީ
ބ. ފެހެންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ނިމިއްޖެ ކަމަށް އެމްޓީީސީސީން ބުނެފިއެވެ.

20 ނޮވެމްބަރ 2021 ވަނަ ދުވަހު އެމްޓީސީސީން ވަނީ ބ. ފެހެންދޫ ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ނިންމާފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.   

ޕްލޭނިން  މިނިސްޓްރީން އެ ކުންފުންޏާއި ހަވާލުކޮށްފައިވާ، މަޝްރޫއުގެ އަގަކީ 1.45 މިލިއަން ރުފިޔާއެވެ. އެ މަޝްރޫޢުގެ ދަށުން، ބަނދަރު އަދި ނެރު ފުންކުރުމާއި، 130 މީޓަރު ބޭރުތޮށި ލުމާއި، 214 މީޓަރު އެއްގަމު ތޮށި ލުމާއި، 317 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި ބަނދަރު ސަރަހައްދުގައި 908 އަކަމީޓަރު ޕޭވްމެންޓް ހެދުމާއި، ރޭމްޕެއް ހެދުމުގެ މަސައްކަތުގެ އިތުރުން، ބަނދަރާއި ރަށާއި ގުޅާލުމަށް 812 އަކަމީޓަރުގެ ވޯކްވޭ ބްރިޖެއް ހެދުމާއި ނެރު ބައްތި ހަރުކުރުމާއި، ސެޓުލްމަންޓް ޓޭންކު ހެދުމުގެ މަސައްކަތްވަނީ ފުރިހަމަކޮށް ނިންމާލެވިފައެވެ. 

މިވަގުތު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޓީސީސީގެ 62 މަޝްރޫޢެއްގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މީގެތެރެއިން 34 މަޝްރޫއަކީ ބަނދަރު ހެދުމުގެ މަޝްރޫއެވެ. އަދި މިވޭތުވެދިޔަ 3 އަހަރު ދުވަހުގެތެރޭގައި ބަނދަރު ހެދުމުގެ 23 މަޝްރޫޢެއްގެ މަސައްކަތް ވަނީ ނިންމާފައެވެ.

 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިއްމު މަރުހަލާ އެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީއިން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ. މި މަޝްރޫއުގެ މަސައްކަތުގައި ފެހެންދޫގައި މިކުންފުނިން ހޭދަކުރި މުއްދަތުގެ ތެރޭގައި ފެހެންދޫއަށް ބޭނުންތެރި ވެފައިވާ ގިނަ ކަންކަމުގައި އެހީތެރިކަން ވަނީ ފޯރުކޮށް ދެވިފައެވެ.

 މިގޮތުން، އިޖްތިމާއީ ޒިންމާގެ ދަށުން، ފެހެންދޫ ދޯނިއެހެލާ ސަރަޙައްދު ފުންކޮށް ދިނުމާއި، ވިއްސާރަވެ ފެންހެދޭ ސަރަހައްދު ތަކަށް ވެލިއަޅައި އެއްވަރުކޮށް ދިނުމާއި، ރައްޔިތުން މޫދަށްއެރޭ ސަރަހައްދު ވެލިއަޅައި ސްލޯޕްއެއް ގާއިމްކޮށްދިނުމާއި، ހިއްކާފައިވާ ސަރަޙައްދުގައި ރުއް އިންދުމާއި، ކުނި މެނޭޖްކުރާ ސަރަޙައްދު ސާފުކޮށްދިނުން ފަދަ އިޖްތިމާއީ އެހީތެރިކަން ވަނީ ފޯރުކޮށް ދެއްވާ ފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް