ads
ށ. ފީވައް ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރު ކުރުމުގެ މަޝްރޫއުގެ -- ފޮޓޯ: އެމްޓީސީސީ
ފީވަކު ފުޓްބޯޅަ ދަނޑުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެ: އެމްޓީސީސީ
ށ. ފީވަކު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރު ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 72 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮންޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އަދި މި މަޝްރޫގެ ދަށުން ކާނު ގަނޑު ހަރުކުރުމުގެ މަސައްކަތުގެ 98 އިންސައްތަ ވެސް މިހާރުވަނީ ނިމިފައިކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ. 

މި މަޝްރޫއުގެ ދަށުން، 8400 އަކަ މީޓަރުގެ ސަރަހައްދެއް ސާފުކުރުމާއި، ފުޓްބޯޅަ ދަނޑުގެ 2940 ކިއުބިކް މީޓަރުގެ ސަރަހައްދެއް ކޮނުމާއި، ކޮނުމަށްފަހު ބިންގަނޑު އެއްވަރުކުރަން 4511.70 ކިއުބިކް މީޓަރުގެ ވެލި ބޭނުންކުރުމާއި، 460.29 އަކަ މީޓަރުގެ ސަރަޙައްދެއްގައި ކާނުގަނޑު ވަށައިގެން ޕޭވްމަންޓް ހެދުމާއި، ކާނު ގަނޑަކާއި ފެންހިންދާ ވަޅުގަނޑެއް ކޮނުމުގެ މަސައްކަތް ހިމެނެއެވެ.

your imageށ. ފީވައް ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރު ކުރުމުގެ މަޝްރޫއުގެ -- ފޮޓޯ: އެމްޓީސީސީ

ފީވަކު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރު ކުރުމުގެ މަޝްރޫއަކީ 2.68 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް