ads
ހިމަބިއްސަށް އިތުރު ދެ މީހަކު ޕޮސިޓިވް ވެއްޖެ
ހިމަ ބިއްސަށް އިތުރު ދެ މީހަކު ޕްސިޓިވް ވެފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފި އެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، ބުދަ ދުވަހު ހިމަބިއްސަށް ޓެސްޓު ކުރެވުނީ ނުވަ ފަރާތެއް ކަމަށެވެ. އަދި އޭގެން އެއްވެސް މީހަކު ހިމަބިއްސަށް ޕޮސިޓިވް ނުވާކަމަށް މައުލޫމާޓު ދީފައިވެއެވެ. 

އެހެން ނަމަވެސް ބްރާސްފަތި ދުވަހު ހިމަބިއްސަށް ޓެސްޓު ކުރި ނުވަ މީހުންގެ ތެރެއިން ދެ މީހަކު އެ ބައްޔަށް ޕޮސިޓިވް ވެފައިވާކަމަށް އެޗްޕީއޭ އިން މައުލޫމާތު ދެއެވެ. 

ރާއްޖޭގައި ހިމަބިހި ފެތުރެމުންދާ ކަމަށް ސަރުކާރުން މިމަހު 13 ވަނަ ދުވަހު ވަނީ ރަސްމީކޮށް އިއުލާނުކޮށްފައެވެ. އަދި މިހާތަނަށް އެބައްޔަށް ޖުމުލަ ހަ މީހަކު ވަނީ ޕޮސިޓިވް ވެފައެވެ. 

ހިމަބިއްސަކީ އެންމެ ފަސޭހައިން ގަޔަންގަޔަށް އަރާ އެއް ބައްޔެވެ. މި ބަލި ޖެހެނީ ނޭވާލާ ނިޒާމުގެ ތެރެއިންނެވެ. ހިމަބިހި ޖެހެނީ "މީސަލްސް ވައިރަސް" ގެ ސަބަބުންނެވެ. 

އެޗްޕީއޭ އިން ވަނީ ހިމަބިހި ފަދަ ބަލިތަކުން ރައްކާތެރިވުމަށް ވެކްސިން ޖަހަން އޮންނަ މުއްދަތުގައި ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް