ދިވެހި ރާއްޖޭގައި އެންމެ ފުރަތަމަ އުފައްދަންފެށި ވެބް ސީރީޒް "ހާތްތެރި" ސީއެންއެމްއިން ދައްކަން ފަށައިފިއެވެ.
Advertisement
ގިނަ ބައެއްގެ ޝައުގުވެރިކަން ހޯދާފައިވާ މި ސީރީޒް ދައްކާނީ ސީއެންއެމް ޓީވީން ކޮންމެ ހޮނިހިރު ދުވަހެއްގެ ރޭ 10:00 ގަ އެވެ.
މިއީ 2018 ވަނަ އަހަރު "އައިޑިއުކްސް އިންކް" އިން އުފައްދަން ފެށި ސީރީޒް އެކެވެ.
މި ސީރީޒްގެ ކްރިއޭޓަރ އަދި ޕްރޮޑިއުސަރު ކުޑީ، މުހައްމަދު ނަޖްވަން ބުނީ އޭނާ އެންމެ ފުރަތަމަ މި ވެބް ސީރީޒް އުފެއްދުމަށް ޝައުގުވެރިވީ، 2018 ވަނަ އަހަރުގެ ކުރިން ބެލި ބައެއް ވެބްސީރީޒް ތައް ފެނިފައި އެފަދަ ވެބް ސީރީޒް އެއް ރާއްޖޭގައި ވެސް އުފެއްދުމުގެ ވިސްނުމާއެކުއެވެ.
ހާތްތެރި ޓީމް: ފޮޓޯ އައިޑިއުކްސް އިންކް
"އޭރު އެމެރިކާގެ ބައެއް ޓީވީ ޝޯތައްވެސް ބެލިން. މި ވިސްނުން އައިސްގެން ރާއްޖޭގަ މިކަން ކުރާން ގޮތަކާމެދު ވިސްނާ މާކެޓް ޓްރެންޑް ބަލައިގެން މީހުން ބަލަން ބޭނުންވާކަހަލަ ޕްރޮގްރާމެއް ހަދަން ބޭނުންވާ ރިސާޗު ކުރީ،" ކުޑީ ބުންޏެވެ.
ކުޑީ ބުނީ އޭނާގެ ގާތް ރަހުމަތްތެރިންކަމަށްވާ ރިލޭ އާއި، އަންމަޑޭ އާއި އަންމު ފަދަ ބައެއް މީހުންނާއެކު ޕްރޮގްރާމްގެ ކޮންސެޕްޓުރާވައި ކުރަންޖެހޭ ކަންކަން ކުރި ނަމަވެސް އެކުއިޕްމަންޓު ނެތުމުން އެންމެ ފުރަތަމަ މަސައްކަތް ނުކުރެވުނު ކަމަށެވެ.
"މަސައްކަތް ފަށާނެ ގޮތެއް ނޭގިގެން އުޅެނިކޮށް ފައިނަލް ޗެޕްޓާ ސްޓޫޑިއޯގެ ސައިމަން އާ ދިމާވީ. ސައިމަންއާ ދިމާވެގެން އެކުއިޕްމަންޓާ އެހެނިހެން ސާމާނު ފޯރުކޮށްދީ ވަގުތުން ޝޯ ފެށުނީ ފައިނަލް ޗެޕްޓާގެ އެހީތެރިކަމާއެކު،" -ކުޑީ-
ކުޑީ ބުނީ އެންމެ ފުރަތަމަ ސީޒަންއަށް ވެސް ހީވެސް ނުކުރާ ވަރުގެ ބޮޑު ތަރުހީބެއް ލިބުނުކަމަށެވެ.
"2018 ވަނަ އަހަރުގެ ޖޫން ހިސާބު ފެށީ އޭރު ރޯދަ މަސް ނުފެށޭނެ. މިއީ ފީލް ގުޑް. ފޭން ބޭސް ޑް. ސީރީއެއްވީމަ ވަރަށް ބޮޑު ތަރުހީބެއް ލިބުނު. ޔޫތުން ބޮޑަށް އެންގޭޖުވީ. ފުރަތަމަ ސީޒަންގެ އެޕިސޯޑު ތަކަށްވެސް ދެހާހާ ތިން ހާހާ ދެމެދުގެ އަދަދަކަށް ވިއުސް ލިބުނު،"
ފުރަތަމަ ސީޒަންގެ ގޭމްތަކުގައި ބައިވެރިވުމަށް 150 އަށްވުރެ ގިމަ މީހުން ޝައުގުވެރިކަން ފާޅުކުރިއެވެ.
"ހާތްތެރީގެ" ދެވަނަ ސީޒަން ފެށުނީ ވެސް އެހާ ބޮޑު ތަރުހީބަކާ އެކުއެވެ.
ހާތްތެރި ޓީމް މަސައްކަތުގެ ތެރެއިން: ފޮޓޯ އައިޑިއުކްސް އިންކް
"ދެވަނަ ސީޒަން ފަށަން ވެގެން މި ގޭމް ތަކުގަ ބައިވެރިވާ ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލީމަ ދުއިސައްތައަށްވުރެ މަތިން އެޕްލިކޭޝަން ލިބުނު. ދެން އަޅުގަނޑުމެން އޭގެން ފިލްޓާ ކޮށްގެން އެންމެ އެކްސްޕްރެޝަން ވެސް ރަނގަޅު ކުދިން ބަލާފަ އޭގެން ކުދިން ފިލްޓާ ކޮށްފަ ޝޯތައް އުފައްދަން ފެށީ،" -ކުޑީ-
"ހާތްތެރީގެ" ދެވަނަ ސީޒަން ފެށީ ފުރަތަމަ ސީޒަންގައި ބައިވެރިވި ޒުވާން ޓީމުގެ ތެރެއިން ޓީވީ ޝޯ އުފައްދަން ޝައުގުވެރިކަން ހުންނަ ކުދިން ވެސް ބައިވެރިކޮށްގެނެވެ.
"ހަ ވަރަކަށް ކުދިންނަށް ފުރުސަތު ދީގެން ވީޑިއޯ މަސައްކަތްތަކާ އެޑިޓިން ކަހަލަ ކަންކަން ދަސްކޮށްދެމުން ދެވަނަ ސީޒަން ކުރިއަށް ގެންދިޔައީ. ނަސީބަކުން ވަރަށް ފުރިހަމަ ސީޒަން އެއް އުފެއްދުނު،"
"ހާތްތެރީގެ" ދެވަނަ ސީޒަންގެ ބައެއް އެޕިސޯޑުތައް 9،000 އާއި 10،000 އާއި ދެމެދު ގެ އަދަދަކަށް ބަލާފައިވެއެވެ.
ހާތްތެރި އުފެއްދުމުގެ ތެރެއިން: ފޮޓޯ އައިޑިއުކްސް އިންކް
"ހާތްތެރީގެ" ތިން ވަނަ ސީޒަން އުފެއްދުމަށް މަސައްކަތް ކުރަމުން އަންނައިރު، ތިން ވަނަ ސީޒަން ގެ ބްރޮޑްކާސްޓިން ޕާޓްނާއަކީ ސީއެންއެމް ޓީވީއެވެ.