ads
އދ ދިގުރަށް
ދިގުރަށު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އާމިރުގެ މައްސަލަ ޖޭއެސްސީއަށް ހުށައަޅައިފި
އދ އަތޮޅު ދިގުރަށު މެޖިސްޓްރޭޓް ކޯޓޫގެ މެޖިސްޓްރޭޓް މުހައްމަދު އާމިރުއާއި ގުޅޭ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށައަޅައިފިއެވެ.
Advertisement

އާމިރުގެ މައްސަލަ ޖޭއެސްސީއަށް ހުށައެޅީ، ދިގުރަށު ކައުންސިލުންނެވެ. އެ ކައުންސިލުން އޭނާގެ މައްސަލަ ޖޭއެސްސީއަށް ހުށައެޅީ، ދިގުރަށު ކައުންސިލާ ދެކޮޅަށް އެ ރަށުގެ ރައްޔިތަކު ހުށަހެޅި މައްސަލައެއްގެ ޝަރީއަތުގައި، އާމިރު އަމަލު ކުރި ގޮތާއި ގުޅިގެންނެވެ.

"ގޯއްޗަށް އެދިފައިވާ މީހާ ނުވަތަ އެދިފައިވާ މީހާގެ އަނބިމީހާ / ފިރިމީހާގެ ގޯއްޗެއް ވިއްކައިލައި ނުވަތަ ދިންތާ 10 އަހަރު ނުވާ ނަމަ" 20 ޕޮއިންޓް އުނިކުރަން ދިގުރަށުން ގޯތި ދޫކުރުމުގެ އާންމު އުސޫލުގައި ހިމަނާފައި ވާއިރު، ދިގުރަށު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި އެދިފައި ވަނީ އެއީ ގާނޫނު އަސާސީއާ ހިލާފު އުސޭލެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ. 

އަދި އެ އަމުރު މުރާޖައާ ކުރުމަށް ކައުންސިލުގެ މައްޗަށް އަމުރެއް ނެރެދިނުމަށް ވެސް އެދިފައިވެއެވެ. 

އާމިރުގެ މައްޗަށް ޖޭއެސްސީއަށް ހުށައެޅި މައްސަލަ ފޯމުގައި ބުނެފައިވަނީ، މި މައްސަލައާއި ގުޅިގެން އެރަށު މެޖިސްޓްރޭޓް ކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތުގެ އަޑުއެހުމަކަށް ކައުންސިލްގެ ރައީސް އިބްރާހީމް އުސްމާން ހާޒިރުކޮށް ޝަރީއަތަށް ހުށަހެޅިފައި ނުވާ ލިޔެކިއުންތަކަކާ ގުޅޭ ގޮތުން މެޖިސްޓްރޭޓް އާމިރު ވަނީ ސުވާލުތަކެއް ކޮށްފައި ކަމަށެވެ. 

އަދި މިއީ، ފަނޑިޔާރުންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް އާމިރު ކުރައްވާފައިވާ ކަމެއް ކަމަށާއި، އެހެން ކަމުން އޭނާގެ މައްސަލަ ބަލައި ދިނުމަށް އެދޭ ކަމަށެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް