ads
މޭރީ ކްރިސްމަސްގެ ޝޫޓިން މިހާރު ކުރިއަށްދަނީ ސައުތު މުމްބާއީގައި…
"މޭރީ ކްރިސްމަސް" ގެ ޝޫޓިން ސައުތު މުމްބާއީގައި
ޕްރޮޑިއުސަރު ރަމޭޝް ތައުރާނީގެ ޓިޕްސް އިން ހަދާ ފިލްމު "މޭރީ ކްރިސްމަސް" ގެ ޝޫޓިން ސައުތު މުމްބާއީގައި ފެށިގެން ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.

އެ ފިލްމަކީ ކުޅަދާނަ އެކްޓްރެސް ކެޓްރީނާ ކައިފް އާއި ތަމަޅަ އެކްޓަރު ވިޖޭ ސެތުޕަތީ ލީޑު ރޯލު ކުޅޭ ފިލްމެކެވެ. މިއީ ކައިވެންޏަށް ފަހު ކެޓްރީނާގެ ފުރަތަމަ ފިލްމީ މަސައްކަތް ކަން ފާހަގަކޮށްލެވެއެވެ.

މި މަހުގެ 22 ވަނަ ދުވަހު ޝޫޓިން ފެށި މި ފިލްމަކީ ކޮވިޑް-19އާ ހެދި މިދިޔަ އަހަރުން ފެށިގެން ޝޫޓިން ނުފެށި ދިގުލައިގެން ގޮސްފައިވާ ފިލްމެކެވެ. މިހާރު ފިލްމުގެ މަންޒަރުތައް ސައުތު މުމްބާއީގައި ނަގަމުންދާއިރު ފިލްމުގެ ބައެއް މަންޒަރުތައް ޕޫނޭގައި ވެސް ނަގާނެއެވެ.

"ބަދުލާޕޫރް" ފަދަ ތުރިލާތައް ގެނެސްދިން ސްރީރާމް ރަގްވަން ޑައިރެކްޓްކުރާ "މެރީ ކްރިސްމަސް" އަކީ 90 ވަރަކަށް މިނެޓަށް ފައްތައިގެން ހަދާ ތުރިލާ ޖޯންރާއެކެވެ.

"މެރީ ކްރިސްމަސް" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ ޑިސެމްބަރު 23 ގައި ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

ކެޓްރީނާގެ ކުރިއަށް ހުރި ފިލްމީ މަސައްކަތްތަކުގެ ތެރެއިން ދެން އެންމެ އަވަހަށް ފަށާނީ ކުރީގެ ލޯބި ވެރިޔާ ސަލްމާން ހާނާއެކު ލީޑު ރޯލު ކުޅޭ "ޓައިގާ 3" ފަހު ޝޫޓިންތަކުގެ މަސައްކަތެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް