ads
10 ކަޕުލްއަކަށް ޔޫރޯ 2020 ބަލާލުމުގެ ފުރުސަތު ކޮކާކޯލާއިން
10 ކަޕުލްއަކަށް ޔޫރޯ 2020 ބަލާލުމުގެ ފުރުސަތު ކޮކާކޯލާއިން ހުޅުވާލައިފިއެވެ.

އެޕްރޮމޯޝަން ފައްޓަވައިދެއްވީ ކޮކާ ކޯލާގެ ޖެނެރަލް މެނޭޖާ އޮފް އޮޕެރޭޝަންސް މިލިން ދެރްސާރީ އެވެ. މި ޕްރޮމޯޝަން ފަށާފައިވަނީ ކޮކާ ކޯލާ އާއި، މޯލްޑިވްސް ސޮކާ މޭޓްސްގެ އިތުރުން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިންތިޒާމްކޮށްގެން މިއަދު ހަވީރު ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ޓާފް ދަނޑުގައި ކުޅުނު "ލެޖެންޑްސް ކަޕް" ފުޓްބޯޅަ މެޗު ފެށުމުގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގައެވެ.

ކޮކާކޯލާ އިން މިއަދު ފެށި މި ޕްރޮމޯޝަނުގައި ނަސީބުވެރި 10 ކަޕުލް އަކަށް ޔޫރޯ 2020 ވަގުތުން ބަލާލުމަށް އަރެލެންޑަށް ދިއުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ފުޓުބޯޅައަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި ބައިވެރިވުމަށްޓަކައި ރަން މަތިގަނޑު ޖަހާފައިހުރި ކޯކު ފުޅި މަތީގަނޑުގައި އިން ޔުނިކް ކޯޑު ޖެހުމަށްފަހު 2626 އަށް އެސްއެމްއެސް ކުރައްވަން ޖެހެއެވެ. 

މި ޕްރޮމޯޝަން ކުރިއަށްދަނީ މާޗް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. 

ކޮކާކޯލާ ކުންފުންޏަކީ ރާއްޖެއަށް ހިޖުތިމާއީ ގޮތުންނާއި ތަފާތު އެހިނިހެން ރޮނގުރޮނގުން ކެނޑިނޭޅި އެހީތެރިވަމުން އަންނަ ކުންފުންޏެކެވެ. ކޮކާ ކޯލާ އިން ވަނީ މީގެ ކުރިންވެސް މިފަދަ ގިނަ ޕްރޮމޯޝަންސްތަކެއް ބާއްވައިފައެވެ.

11%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
89%
ވަރަށް ސަލާމް
ކޮމެންޓްސް