ads
2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އުމްރާގެ ހާއްސަ ޕެކޭޖްތައް
މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުން ފެބްރުއަރީ އުމްރާއަށް ހާއްސަ ޕެކޭޖުތަކެއް
މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުން 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އުމްރާއަށް ހާއްސަ ޕެކޭޖުތަކެއް ތައާރަފް ކޮށްފިއެވެ.

މި ޕެކޭޖް ތަކަކީ، ކޯވިޑް 19 އާ ގުޅިގެން ސައުދީ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަށް ރިއާޔަތްކޮށް ވީހާވެސް ހެޔޮ އަގެއްގައި ދިވެހީންނަށް ޢުމްރާކުރެވޭނެގޮތް ހެދުމަށްޓަކައި ތަޢާރަފް ކުރެވިފައިވާ ޕެކޭޖްތަކެއްކަމަށް އެކުންފުނިން މަޢުލޫމާތު ދެއެވެ. މިގޮތުން 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހަށް އެކޯޕަރޭޝަން އިން ވަނީ 02 ޕެކޭޖެއް ތައްޔާރުކޮށްފައެވެ.

ބޭސިކް ޕެކޭޖް / 27,965 ރުފިޔާ

މި ޕެކޭޖުގެ ދަށުން، ދަތުރުގެ ދެކޮޅު ޓިކެޓް، ޢުމްރާ ވިސާ، ފެންވަރު ރަނގަޅު ހޮޓަލުގައި ހުރުމުގެ އިންތިޒާމް، ދިވެހި ރަހަތަކާއެކު ތިން އިރު ކެއުން، އެތޭރޭގެ ބަސްދަތުރު، ޒިޔާރަތް ދަތުރު، މަދީނާ ދަތުރު، އުމްރާ ޓްރެއިނިންގ، ދީނީ ދަރުސްތައް، އަދި ދިވެހި ޑޮކްޓަރުންނާއި ނަރުހުން މެދުވެރިކޮށް 24 ގަޑިއިރު ކްލިނިކްގެ ހިދުމަތް ލިބިގެން ދާނެކަމަށް އެކުންފުނިން މަޢުލޫދެއެވެ. އަދި މީގެ މިޕެކޭޖުގައި ހިމެނޭ ކަންކަމުގެ އިތުރަށް އެޑްއޮންސްގެ ގޮތުގައި ޖިއްދާ ދަތުރު، ބާޒާރު ދަތުރު އަދި އިތުރު އުމްރާއެއް ކުރުން އިހްތިޔާރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ޕްރިމިއަމް ޕެކޭޖް / 29,965 ރުފިޔާ

ބޭސިކް ޕެކޭޖްގައި ހިމެނޭ ކަންތައްތަކުގެ އިތުރަށް ޕްރިމިއަމް ޕެކޭޖްގައި އުމްރާ ކިޓް (ފޮށި، ބެކްޕެކް، އުނަގަނޑުގައި އަޅުވާ ދަބަސް، ފައިވާންލާ ކޮތަޅު، އުމްރާ ފޮތް އަދި ދުއާ ކާޑު)، އިހުރާމް، ވެކްސިން (ޕޯލިއޯ، މެނިންޖައިޓިސް އަދި އިންފުލުއެންޒާ) އަދި 2 އުމްރާ ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި އެޑްއޮންސްގެ ގޮތުގައި ޖިއްދާ ދަތުރު އަދި ބާޒާރު ދަތުރު އިހުތިޔާރުކުރެވޭނެއެވެ.

ފެބްރުއަރީ މަހުގެ ޢުމްރާއަށް ރަޖިސްޓްރީ ކުރުމުގެ އެންމެފަހު ތާރީހަކީ 2022 ޖަނަވަރީ 20 ވަނަދުވަހެވެ. ޢުމްރާއާ ގުޅޭ އިތުރު މަޢުލޫމާތު އެކުންފުނީގެ ނަންބަރު 3011000 އަށް ގުޅުމުން ނުވަތަ އެކުންފުނީގެ ވެބްސައިޓް www.mhcl.mv އަށް ޒިޔާރަތް ކުރުމުން ލިބިގެން ދާނެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް