ads
ތަންތަނާ މުދަލަށް ގެންލުން ދިނުން ގޯސް!
މިފަހުން ރާއްޖެ ސިއްސުވާލީ އުމުރުން ދެ އަހަރު ނުފުރޭ ކުޑަކުއްޖަކު ރޭޕް ކުރި ވާހަކައިންނެވެ. އެކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އެކުއްޖާގެ ކާފަ އަދި މުނިކާފަ ހައްޔަރު ކުރިއިރު އެކުއްޖާއަށް އިހުމާލުވި މައްސަލައިގައި އެކުއްޖާގެ ބައްޕަ ހައްޔަރު ކުރި އެވެ.

މި ތުއްތު ކުއްޖާގެ ވާހަކައާއި އެކު މިފަދަ ކިތަންމެ މައްސަލައެއް މިވަނީ ފެންމަތިވެފަ އެވެ. އެތައް ކުދިންތަކަކަށް އެކުދިންގެ އިތުބާރުކުރުވަނިވި މަގާމުތަކުގައި ތިބި ފަރާތްތަކުގެ ފަރާތުން މިފަދަ ލާއިންސާނީ އަނިޔާތައް ލިބޭ ވާހަކަ އެވެ. 

އެފަދަ އިތުރު ވާހަކައެއް ވަރަށް ފަހުންވެސް ސޯޝަލް މީޑިއާގައި އާންމުވި އެވެ. އަޑުއަހަން އެހާމެ އުނދަގޫ ވާހަކަ ތަކަކެވެ. ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ލޭ ކައްކުވާލި ވާހަކަ އެކެވެ. އެމީހާ ހޯދާ އެމީހާ އާއި ދެކޮޅަށް ރައްޔިތުން އިހުތިޖާޖު ކުރި ވާހަކަ ވެސް އިވިގެން ދިޔަ އެވެ. ރައްޔިތުންގެ ރުޅި ހުރި މިންވަރު ހާމަވި އެވެ. 

އެހެންނަމަވެސް މި ހިނގާދިޔަ ކަންކަމުގައި ވެސް ހިތާމަ ކުރުވަނިވި އިތުރު ކަމެއް ހިނގާފައިވެ އެވެ. ވިލިމާލޭގައި ހޮސްޕިޓަލްގެ ބިއްލޫރިތައް ތަޅާލުމެވެ. މިއީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ، 

މިފަދަ ކަންކަމުގައި ރައްޔިތުންގެ ޝުއޫރު ހުރި ނެއްގޮތް ސާފެވެ. އެކަންކަމުގައި އަޑުއުފުލުމުގައި ހިނގާދާ ކަންކަމުގެ ތެރެއިން ރައްޔިތުންގެ ނުވަތަ ފަރުދެއްގެ ވިޔަސް މުދަލަށް، ތަނަކަށް ގެއްލުން ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މިފަދަ ހައްސާސް ކަންކަމުގައި ޖަޒުބާތުގައި ތިބެ ކުރެވޭ ކަމެއްގެ ސަބަބުން ތިމާ ގާނޫނީ ގޮޅިއަކަށް ފެތިދާނެކަމާއި މެދުވެސް ވިސްނާލުން މުހިންމެވެ. 

ހަގީގީ ރަނގަޅު ބަދަލެއް ގެންނަން ބޭނުންވާނަމަ ތިމާ އަމަލުކުރަން ވާނީ ތިމާ ސަލާމަތްވާނޭ ގޮތެއްގައި ހުރެގެންނެވެ. އެއްވެސް ހާލެއްގައި މީހުންގެ މުދަލަށް އަދި ރައްޔިތުންގެ ތަންތަނަށާއި މުދަލަށް ގެއްލުން ދިނުން ފަދަ ކަންކަން ކުރުން މިއީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

13%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް