މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި ވަނީ އުމުރުން 19 އަހަރުގެ މިންހާޖު އީސާއެވެ.
އެ ދަރިވަރު މަރުވެފައި އޮތްވާ ފެނުނީ އޭނާ ދިރިއުޅެމުންދިޔަ ގޭގެ ފާހާނާ ތެރެއިން ކަމަށާއި، އޭނާގެ ހަށިގަނޑުގެ އެއްވެސް ހިސާބެއްގައި އެއްވެސް އަނިޔާއެއްގެ ނިޝާނެއް ފެންނަން ނެތް ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.
މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ބުނެފައިވަނީ މަރުވި ދަރިވަރުގެ އާއިލާއަށް ބޭނުންވާ އެހީތެރިކަން ފޯރު ކޮށްދޭން ފަށާފައި ވާކަމަށެވެ.
އަދި އަބޫދާބީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން ރޭ އިން ފެށިގެން މިސްރުގައި ތިބި ދިވެހި ދަރިވަރުންނާ މުއާމަލާތް ކުރަމުން އަންނަކަމަށްވެސް ބުނެފައިވެއެވެ.