ads
ހޮޅުދޫއަށް ރޭ މެންދަމު އުދަ އަރާފައި…
ހޮޅުދޫއަށް އުދައަރައިފި
ރޭ މެންދަމު ނ. ހޮޅުދޫއަށް ވަރަށް ބޮޑަށް އުދަ އަރައިފިއެވެ.

ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލްގެ ރައީސް ރިލްވާން މުހައްމަދު ވިދާޅުވީ، ، 2200 އަށްވުރެ ގިނަ މީހުން ދިރިއުޅޭ އެ ރަށަށް އުދަ އަރާފައިވަނީ ރޭ މެންދަމު 12:30 އިން 01:00 އާ ދެމެދުގެ ވަގުތެއްގައި ކަމަށެވެ.

ރިލްވާން އިތުރަށް ވިދާޅުވީ ދިޔަވަރު ހިކެން ޖެހި ވަގުތުގައި ރަށުތެރެއަށް އެރުވި ރާޅާއެކު ބޮޑުވި ފެންގަނޑު ވެސް އަމިއްލަ އަށް ހިނދިފައިވާ ކަމަށާއި އެއީ ގަޑިން މެންދަމު 2:00 ހާއިރު ކަމަށެވެ.

އުދައިގެ ސަބަބުން އެއްވެސް ވަރަކަށް އެ ސަރަހައްދުގެ ގޭގޭއަށް ގެއްލުންކޮށްފައި ނުވާ ކަމަށް ރިލްވާން ފާހަގަކުރެއްވިއެވެ.

ރޭ ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއެއްގައި ރާޅާއެކު ބޮޑުވި ފެންގަނޑު  ފުދޭ ވަރަކަށް ބޮޑު ސަރަހައްދަކަށް ފެތުރިފައި އޮއްވާ ފެނެއެވެ.

މީގެ ކުރިން 2019 ވަނަ އަހަރުގެ ތެރޭގައި ވެސް ހޮޅުދޫއަށް އުދަ އަރާފައިވާ ކަން ފާހަގަކޮށްލެވެއެވެ. އެފަހަރު އަތިރި ފަރާތުގައި ހުރި ގޭގެއަށް އުދައިގެ އަސަރުކޮށް ބައެއް ގޭގޭގައި ހިފާ ގެންގުޅޭ ސާމާނަށް ވެސް ވަނީ ގެއްލުން ވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް