ads
އިސްލާމިކް މިނިސްޓްރީ
ދީނީ ކަނަކަމާއި ބެހޭ "ވަގްފްް"ފަންޑަށް ފައިސާ ބަލައިގަތުމުގެ މުއްދަތު އިތުރުކޮށްފި
ޓްރަސްޓް ފަންޑުތަކުގެ ތެރޭގައި ހިމެނޭ މިސްކިތްތަކަށް އެހީވާ "ވަގުފް" ފަންޑާއި ދީނީ ކަންކަމަށް އެހީވާ ވަގުފް ފަންޑަށް 30 އޭޕްރީލް 2022 ގެ ނިޔަލަށް ނަގުދު ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެދުނު 09:00ން މެންދުރު 12:00 އަށް މިނިސްޓރީގެ ރިސެޕްޝަނުން ނަގުދު ފައިސާ ބަލައިގަތުން އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން މި ގޮތަށް ހަމަޖެއްސީ، މި ފަންޑުތަކަށް ނަގުދު ފައިސާއިން އެހީތެރިވެދޭން ބޭނުންފުޅުވާ ފަރާތްތަކަށް އެކަން ފަހިކޮށްދިނުމުގެ ގޮތުންކަމަށްވެސް އެމިނިސްޓްރީން ބުނެއެވެ.

ސަރުކާރުގެ އިދާރާތަކަށް ފައިސާ ދެއްކެވުމުގައި މިހާރު ބޭނުންކުރަނީ ބަނޑޭރި ޕޯޓަލްކަމަށާއި، ނަގުދު ފައިސާއިން މިނިސްޓްރީގެ މި ފަންޑުތަކަށް ފައިސާ ބަލައިގަންނަ ގޮތަށް ހަމަޖެހިފައި ވީނަމަވެސް ބަނޑޭރި ޕޭއިންވެސް ފައިސާ ޖަމާކުރެވޭނެކަމަށް އެމިނިސްޓްރީން ބުނެއެވެ.

ބަނޑޭރިޕޭ މެދުވެރިކޮށް ފައިސާ ޖަމާކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ފާހަގަ ކޮށްފައިވާ ލިންކް ބޭނުންކުރެއްވޭނެ ކަމަށްވެސް އެމިނިސްޓްރީން ބުނެއެވެ. https://bandeyripay.finance.gov.mv 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް