ކޮންމެ މީހަކުވެެސް ކައިވެއްޏެއް ކޮށް އެކައިވެނީގެ ފޮނިރަހަ ލިބުމަށް އެދޭނެވެ. ނަމަވެސް ފާތިހު ދިރިއުޅުން ތަގުދީރުގެ ނިޔާއިން މުޅިން ބަދަލުކޮށްލީ ފާތިހުގެ އުމުރުން އެންމެ 35 އަހަރުގަ އެވެ.
ދުވަހަކު ވެސް މީހަކާ ކައިވެއްޏެއް ނުކުރުމަށް ފާތިހު ވައުދުވީ ދިރިއުޅުމަށް ދިމާވި ގިނަ ގޮންޖެހުންތަކަށް އޭނާގެ އަމިއްލަ ނަފްސު ކޮންޓްރޯލް ނުކުރެވުނު ހިސާބުންނެވެ. ހަތަރު ދަރިން ލިބި ދިރިއުޅުން އުފާވެރި ކައިވެއްޏަކަށް ހެދުމަށް އަނބިމީހާ އާ އެކު ވައުދުތަކާއި އަހުދުތަށްވެ، ދުވަސް ތައް ގުނަމުން އައިގޮތް އޭނާ ކިޔައިދިނީ އަސަރާ އެކު ހިތް ކުދިކުދި ވެފައިވާ ހާލުގައެވެ.
ފާތިހު ބުނިގޮތުން އަނބިމީހާގެ އަޅާލުމެއް ނުލިބި ހަ މަސް ނުވަތަ ހަތް މަސް ވޭތުކުރަން ޖެހެހުނު ދުވަސްތައް ހަޔާތުން ކަނޑައްތު ވެއްޖެ ކަމަށް އޭނާ ބުންޏެވެ. އެއް ކޮޓްރިއެއްގައި ނިދާ އަނބިމީހާގެ ހޫނު އިހުސާސް ނުވެ އޮންނަން ޖެހޭ ކޮންމެ ރެއަކީ އޭނާއަށް އެތަކެއް އުނދަގޫތަކެއް ކުރުވަމުން ދިޔަ ރޭތަކެއް ކަމަށް ފާތިހު ބުންޏެވެ.
ޖިސްމާނީގޮތުން އަނބިމީހާގެ ހަށިގަނޑުގެ ކިތައްމެ ބޮޑު ބަލިކަމެއް ހުއްޓަސް ފާތިހުގެ ފަރުވާލެއް ނެތެވެ. ފާތިހު ބޭނުން ވަނީ ލޯތްބާއި އަޅާލުމެވެ. ލޯބިން ބައްދާލާށެވެ. ހީ ސަމާސާ ކުރުމަށެވެ. ލޯބިވާ ވާހަަކަ ބުނާށެވެ. ހުރިހާ ކަމެއް ކުރަން ޖެހެނީ ފާތިހު އަށެވެ. މިހުރިހާ ކަމެއްގެ ތެރެއިން އެތައް ރޭ ފާތިހު ކަޑައްތު ކުރީ ވޭނާއި ކެކުޅުމުގައެވެ.
އައިޝާ ފާތިހުއަށް ގަދަރުކުރެވެ. ނަމަވެސް އޭނަ ބޭނުން ނުވަނީ ފިރިމީހާ އާއި ކައިރި ވާށެވެ. ސަބަބެއް ކަމަށް އައިޝާ ބުނާކަމަށް ވަނީ ފިރިމީހާ އާ ކައިރިވާ ހިތް ހަމަ ނުވަނީ ކަމަށެވެ. ހަތަރު ދަރިން ލިބި 10 އަހަރު ކައިވެއްޏަށް ފާއިތުވެފައި ވާއިރު ކައިވެނީގެ ފުރަތަމަ ރޭ އެކޭ މިއަދެކޭ އެއްވެސް ތަފާތެއް އައިޝާގެ ކިބައަކުން ފާތިހު އަކަށް ނުފެނެއެވެ. ނަމަވެސް ކޮންމެ ރެ އެއް ފާތިހު އާ އަލްވައުދު ކިޔަނީ އެކަނިވެރިކަމާ ހިތްދަތިކަން މަތީގަ އެވެ.
އެ ދިރިއުޅުމުގެ ވާހަކަ އޭނާ ހިއްސާ ކުރަމުން އެންމެ ފަހުން ބުނީ އެ ހިތްދަތި ދިރިއުޅުން ނިމުމަކަށް ގެންނަން ވިސްނި ކަމަށާއި އެ ވިސްނުން ބަދަލު ކުރަން މަޖުބޫރުވީ ދަރިންގެ ހައްގުގަ ކަމަށެވެ.
"މިހެން މިވާހަކަ ކިޔައިދިނަކަސް މި ދިރިއުޅުމުގެ އިހްސާސްތަކެއް ނުކުރެވޭނެ. މިއީ ދިރިހުއްޓާ މަރުވުން ފަދަ ކަމެއް. އަހަރެންގެ މި ހިތްދަތިކަން ވަރަށް ގިނަ ފަހަރު އަންހެނުންނަށް ވެސް ކިޔައިދީފިން ނަމަވެސް ބަދަލެއް ނާދޭ،" ފާތިހުގެ ހިތްދަތި ދިރިއުޅުގެ ވާހަކަ އޭނާ ކިޔައިދިނީ ގިސްލާ ރޮމުންނެވެ.
ދުވަސްތައް މާޒީ އާއި އެކުވެ، ފާތިހުގެ ދިރިއުޅުން އެހެން ދިމާލަކަށް ބަދަލުކޮށްލަން ފާތިހު ވިސްނީ އޭނާގެ ދިރިއުޅުމުން އުނިވަމުންދާ އަނބިމީހާގެ ފަރާތުން ބޭނުންވާ އުފާތައް، އޭނާގެ ޖިސްމަށް ބޭނުން ވާތީއެވެ.
ހެޔޮގޮތުގައި ރަނގަޅު ކައިވެއްޏެއް ކުރަން އޭނާ ބޭނުންވާ ވާހަކަ އާއި އެހެންވެ ކުދިންގެ މަންމައަށް އޭނާގެ ނިންމުން އަންގަން ޖެހުނު ކަމަށާއި ނަަމަވެސް އެ ވާހަކަ އޭނާއަށް އަންހެނުން ގާތު ބުނަން ދަތިވި އެވެ. ނަމަވެސް އެންމެ ފަހުން ފާތިހު އެ ވާހަކަ އަންހެނުން ގާތު ބުނި ކަމަށާއި ދެ މީހުން ސުލަހަވެރިކަމުގައި ވަރި ތާ މިހާރު ތިން އަހަރުވެފައިވާކަމަށް ފާތިހު ބުންޏެ އެވެ.
ފާތިހުގެ އެ ހިތްދަތި ދިރިއުޅުމުގެ ސބަބުން އޭނާއަށް އިތުރު ކައިވެންޏެއް ކުރަން ވެސް ބޭނުންނުވެފައި ހުންނަތާ މިހާރު ތިން އަހަރުވީ އިރު އޭނާގެ ދިރިއުޅުމުގެ އުއްމީދުގެ ހުޅުކޮޅު ނިވުނީ ކަމަށް އޭނާގެ އަމިއްލަ ޒަމީރު ގަބޫލު ކުރެ އެވެ. އެކަމުގައި އޭނާ ވިސްނާވިސްނާ މިހާރު އޭނާއަކީ ނަފްސާނީ ބަލީގެ އެކަނިވެރި އެކެވެ.