ads
ބީއެމްއެލް
ބީއެމްއެލް އިން 50،000 ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި
50،000 ރުފިޔާ ލިބޭ ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިން ޕްރޮމޯޝަނެއް، ބީއެމްއެލް އިސްލާމިކްގެ ޕާސަނަލް ފައިނޭންސިން އަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް އަމާޒުކޮށް ބީއެމްއެލްއިން ފަށައިފިއެވެ.

ބީއެމްއެލް އިސްލާމިކްގެ ޕާސަނަލް ފައިނޭންސިން އަދި ޕާސަނަލް ފައިނޭންސިން މައިކްރޯ އަށް އެދި ހުށަހަޅާ އެޕްލިކޭޝަންތަކުގެ ތެރެއިން ޕްރޮމޯޝަންގެ މުއްދަތުގައި އެޕްރޫވަލް ލިބޭ ހުރިހާ އެޕްލިކޭޝަނެއްވެސް މި ޕްރޮމޯޝަނުގައި ބައިވެރި ކުރެވޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

މި ޕްރޮމޯޝަންގެ މުއްދަތަކީ 2 ޖަނަވަރީން 31 ޖަނަވަރީ 2022 ގެ ނިޔަލަށެވެ.

ޕާސަނަލް ފައިނޭންސިން އަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަނުގެ ދަށުން ޙާއްސަ ގުރުއަތެއްވެސް ހުޅުވާލެވިގެން ދާނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ. 

އަދި ގުރުއަތުން ހޮވޭ ފަރާތް ތަކަށް ކަނޑައެޅިފައިވާ އިނާމުތަކުގެ ތެރޭގައި، ކޮންމެ ހަފުތާއަކު  ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް 5،000 ރުފިޔާގެ ގިފްޓް ކާޑެއް ލިބިގެން ދާއިރު ޕްރޮމޯޝަން ނިމުމާއެކު ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް 50،000 ރުފިޔާގެ ގިފްޓް ކާޑެއް ލިބިގެން ދާނެ ކަމަށް ވެސް ބީ އެމްއެލްއިން ބުނެއެވެ.

އެގޮތުން ދާދި ފަހުން ބީއެމްއެލް އިސްލާމިކް އިން ވަނީ މުދާ ގަތުމުގެ އިތުރުން ނަގުދު ފައިސާ ލިބޭ ގޮތަށް ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިން ޕޯޓްފޯލިއޯ އަށް ބަދަލު ގެެނެސްފައެވެ. ބީއެމްއެލް ލުއި އެކްސްޕްރެސް، ލުއި ޕްރޮފެޝަނަލް އަދި ލުއި ލޯނު މިހާރު ނަގާފައިވާ ކަސްޓަމަރުންނަށްވެސް ބީއެމްއެލް ޕަރސަނަލް ފައިނޭންސިން ފެސިލިޓީ މެދުވެރިކޮށް ރީފައިނޭންސް ކުރެވޭނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް