ads
ޑރ. އިޔާޒް
ކޮވިޑަކީ ކުޅިވަރެއް ކަމުގައި ސަރުކާރުން ހަދައިފި: ޑރ. އިޔާޒް
ކޮވިޑް-19 އަކީ ކުޅިވަރެއް ކަމުުގައި ސަރުކާރުން ހަދައިފި ކަމަށް ވިދާޅުވެ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް އަބްދުއްލަތީފް ސަރުކާރަށް ފާޑު ވިދާޅު ވެއްޖެ އެވެ.

ޑރ. އިޔާޒް މިފަދަ މޭރުމަކުން ވާހަކަ ދައްކަވާފައި މިވަނީ، ރާއްޖޭގައި ކޮވިޑް-19 ގެ ކޭސްތައް ފަހަކަށް އައިސް އިތުރުވަމުން ދިއުމާއި ގުޅިގެން ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން މަޝްވަރާތައް ކުރަން ފަށާފައި ވަނިކޮށެވެ. 

ޑރ. އިޔާޒް ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ، މި ބަލިމަޑުކަމަކީ ސަރުކާރުން ބޭނުން ވުމުން އަންނަ އަދި ސަރުކާރުން ބޭނުން ވުމުން ފޮނުވާލާ އެއްޗަކަށް ހަދާފައިވާކަމަށާއި، އެގޮތުން އާ އަހަރު ފާހަގަ ކުރުމަށް ސަރުކާރުން އިސްނަގައިގެން ހުޅުމާލޭގައި ބޮޑު ހަރަކާތެއް ކުރިއަށް ގެންދިޔަ އިރު ކޮވިޑްގެ މަތިން ސަރުކާރުން ހަނދާން ނެތް ކަމަށެވެ. 

ޑރ. އިޔާޒް މިފަދައިން ވިދާޅުވެފައި ވާއިރު، ރާއްޖޭގައި ކޮވިޑުގެ ނުރައްކާ އިތުރުވަމުން އަންނަ ކަމަށް ބުނެ ސަރުކާރުން ވަނީ މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ ނައިޓް މާކެޓް ހުއްޓާލުމަށް އަންގާ، އެފަދަ ކަންކަން ވަގުތީ ގޮތުން ހުއްޓާލުމަށް ވެސް އަންގާފައެވެ. 

ފަހަކަށް އައިސް ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރު ވެފައި ވާއިރު، އިއްޔެ އެކަނި ވެސް ރާއްޖެއިން ބައްޔަށް އިތުރު 304 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. 

ރަށްތަކުން 78 މީހުން ޕޮޒިޓިވްވިއިރު ރިސޯޓްތަކުން 83 މީހަކު ޕޮޒިޓިވްވެފައި ވެއެވެ. އަދި މާލެ ސަރަހައްދުން އިއްޔެ ވަނީ 136 މީހުން ޕޮޒިޓިވްވެފައެވެ.  

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް