ads
ފެމިލީ ކޯޓު-- ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް
އަހަރުގެ ހުރިހާ ދުވަހަކުވެސް ކައިވެނިކޮށްދޭން ފެމިލީ ކޯޓުން ނިންމައިފި
މިއަހަރުގެ ހުރިހާ ދުވަހަކުވެސް ކައިވެނިކޮށްދިނުމަށް ފެމިލީ ކޯޓުން ނިންމައިފި އެވެ.
Advertisement
މިއަހަރުގެ ހުރިހާ ދުވަހަކުވެސް ކައިވެނިކޮށްދިނުމަށް ފެމިލީ ކޯޓުން ނިންމައިފި އެވެ.

ފެމިލީ ކޯޓުން މިގޮތަށް ނިންމާފައި މިވަނީ މިއަހަރުގެ ބައެއް ދުވަސްތަކުގައި ކައިވެނި ކޮށްދިނުމުގެ ކަންކަން ކުރިއަށް ނުގެންދަން ކޯޓުން ކުރިން ނިންމާފައިވާތީ ލިބުނު ޝަކުވާތަކަށް ބެލުމަށްފަހު އެވެ.

ފެމިލީ ކޯޓުން ކުރިން ނިންމާފައިވަނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހާއި، މިނިވަން ދުވަހުގެ މުނާސަބަތުގައި އަންނަ ބަންދު ދުވަސްތަކާއި، ރޯދަ މަހުގެ ފުރަތަމަ ދެ ދުވަހާއި، އީދު ދުވަސްތަކާ ގުޅިގެން އަންނަ ބަންދު ދުވަސްތަކަކީ ކައިވެނި ނުކޮށްދޭ ދުވަސްތަކެއްގެ ގޮތުގަ އެވެ.

ނަމަވެސް ފެމިލީ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން މިހާރު ވަނީ ލިބުނު ޝަކުވާތަކާ ގުޅިގެން މިއަހަރުގެ ހުރިހާ ދުވަހަކުވެސް ކައިވެނިކޮށްދޭ ގޮތަށް ހަމަޖައްސާފަ އެވެ.

ފެމިލީ ކޯޓުގެ މި ނިންމުމާ އެކު މިއީ އެކޯޓުން އަހަރުގެ ހުރިހާ ދުވަހަކު ކައިވެނިކޮށްދޭން ނިންމި ފުރަތަމަ އަހަރެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;