މިއަދުގެ މެޗުން ވެލެންސިޔާ މޮޅުވީ ހަތަރު ލަނޑު އެއް ލަނޑުންނެވެ. މި ނަތީޖާއާ އެކު ބާކީ އޮތް ދެ މެޗުން މަދުވެގެން ޕޮއިންޓެއް ހޯދައިގެން ވެލެންސިޔާއަށް ފައިނަލުން ޖާގައެއް ކަށަވަރުވާނެއެވެ.
މިއަދުގެ މެޗުގައި ވެެލެންސިޔާއިން ލަނޑުތައް ޖެހީ ބިދޭސީ ފޯވާޑު ބޯހަސް، އަޑުބަރޭ ސެންޓޭ އަދި މެސީއެވެ. ސުޕަރ ޔުނައިޓެޑުން ޖެހި ލަނޑު ޖެހީ ބެންޖޯއެވެ.
ޕްރެޒިޑެންޓްސް ކަޕުގައި ވެެލެންސިޔާއިން ބާކީ ކުޅެން އޮތް ދެ މެޗަކީ، އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗާއި މާޒިޔާ މެޗެވެ.