ads
ބޭންކު އޮފް މޯލްޑިވްސް ސެލްފް ސާވިސް އޭޓީއެމްއެއް-
ކުރެންދޫގައި ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް ތައާރަފްކޮށްފި
ޅ. ކުރެންދޫގައި ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ތައާރަފްކޮށްފިއެވެ.

ބީއެމްއެލުން ބުނީ މުޅި ރާއްޖެއަށް އެ ބޭންކުގެ ބޭންކިން ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ އިންވެސްޓްމަންޓްގެ ދަށުން ކުރެއްދޫގައި ގާއިމް ކުރި އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެއެވެ.

ޅ. އަތޮޅުގައި، ނައިފަރު ބްރާންޗާއި، ސެލްފް ސާވިސް ބޭންކިން ސެންޓަރު މެދުވެރިކޮށް ބީއެމްއެލް އިން އަންނަނީ ހިދުމަތް ދެމުންނެވެ. މީގެ އިތުރުން ހިންނަވަރުގައިވެސް ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ.

your imageބޭންކު އޮފް މޯލްޑިވްސް އޭޓީއެމް އެއް މެދުވެރިކޮށް ހިދުމަތް ހޯދަނީ--

މިކަމާ ގުޅޭ ގޮތުން ބީއެމްއެލް ޑެޕިއުޓީ ސީއީއޯ ޢާއިޝަތު ނޫރައްދީން ވިދާޅުވީ ބޭންކިން ހިދުމަތް ތައާރަފްކޮށް ކުރެއްދޫގެ ރައްޔިތުންނަށް ބޭންކުން ހިދުމަތް ފޯރުކޮށްދެވޭކަމީ ލިބޭ އުފަލެއް ކަމަށެވެ. އަދި އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް އެހެން ރަށަކަށް ދަތުރުކުރަން ނުޖެހި ބޭންކިން ހިދުމަތް ހޯދުމަށް އިތުރު ލުއި ފަސޭހައެއް ލިބިގެންދާނެކަމަށް ޑެޕިއުޓީ ސީއީއޯ ވިދާޅުވި އެވެ

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 77 ސެލްފްސަރވިސް ބޭންކިން ސެންޓަރު، 135 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލުގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބޭންކުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް