ads
ގާނޫނީ ވަކީލު މުހައްމަދު ނިޝާން
ކޮމަންޑޫ ދާއިރާދެކެ ވާލޯބި ފެނުމުން ސަހަރޯއޭ ހިތަށްއަރާ: ނިޝާން
އިންތިހާބާއި ދިމާކޮށް ކުއްލިއަކަށް ކޮމަންޑޫ ދާއިރާގެ ރައްޔިތުން ދެކެ މާލޯބިވެގެން ބަޔަކު އެތަނަށްދާން ލަދުގަންނަން ޖެހޭނެކަމާއި އެކަމާއި އަޖައިބުވެ ސަހަރޯއޭ ހިތަށް އަރާކަމަށް އެދާއިރާއަށް ނިސްބަތްވާ ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހީމް ވިދާޅުވެއްޖެއެވެ.
Advertisement

ސީއެންއެމް އާ ވާހަކަ ދައްކަވަމުން ނިޝާން މިހެން ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އަންނަ މަހުގެ ފަސް ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން އިއުލާންކުރުމާއި ގުޅިގެން އެދާއިރާގައި ހިމެނޭ ރަށްތަކުގައި ސިޔާސީ ޕާޓީތަކުން ކެމްޕެއިން ފަށައި އެތަނަށް ގޮސް ހަރަކާތްތެރި ވާން ފެށުމާއި ގުޅިގެން ހުރިހާ ސިޔާސީ ޕާޓީތަކަށް ނިސްބަތްކޮށެވެ. 

އެދާއިރާގެ މެންބަރުކަމުގައި ކުރިން ހުންނެވި އަލްމަރުހޫމް ހުސައިން ވަހީދު ނިޔާ ވުމާއި ގުޅިގެން އެދާއިރާގެ ބައި އިލެކްޝަން އިއުލާނު ކުރުމުން ރާއްޖޭގެ ސިޔާސީ ޕާޓީތަކުން އެދާއިރާގައި ވަރަށް ވަރުގަދައަށް ކެމްޕެއިން ކުރަމުން އަންނަ މި ދަނޑިވަޅުގައި ނިޝާން ވިދާޅުވީ، މިއަދު ކޮމަންޑޫ ދާއިރާ އޮންނަކަން ހުރިހާ އެންމެންނަށްވެސް އެނގިއްޖެ ކަމަށާއި، އެކަން އެނގެންވީ މިއަދަކު އެކަނި ނޫން ކަމަށެވެ. 

ނިޝާން ވިދާޅުވީ، އެދާއިރާގައި ހިމެނޭ ކޮމަންޑޫއާއި ފޯކައިދޫގެ ތެރެއިން ކޮންމެ ރަށެއްގައި ގާތްގަނޑަކަށް 2000 މީހުންގެ އާބާދީއެއް ހިމެނޭއިރު، އެރަށްތަކުގައި އެމީހުން ދިރިއުޅޭތާ ލައްކަ ދުވަސް ވެފައިވާ ކަމަށާއި މިހުރިހާ ދުވަހެއް ވެގެންދިޔައިރު ކޮމަންޑޫދާއިރާ އަކީ އޮންނަ ތަނެއްކަންވެސް އެނގިފައި ނުވާ ކަމަށެވެ.

"މިއަދު ކޮމަންޑޫއާއި މަރޮށި އަދި ފޯކައިދޫގައި ދިރިއުޅެނީ ހުސް ބޮޑުބޭބޭއިންނާއި ކޮއްކޮއިންނާއި ދައްތައިން ކަމަށް ބަދަލުވެއްޖެ އިނގޭތޯ" ނިޝާން ވިދާޅުވިއެވެ.

ހުސް ތިމާގެ މީހުންނަށް އެދާއިރާގެ ރައްޔިތުން މިހާރު ބަދަލުވެފައިވާކަމަށާއި، އޭނާ އަށް ބޫލުކުރެވެނީ މި ތިމާގެކަންވެސް ދެމި އޮންނާނީ 2022 ފެބުރުއަރީ 05 ވަނަ ދުވަހުގެ ހަވީރު 6 ޖަހަންދެން ކަމަށް ނިޝާން ވިދާޅުވިއެވެ. އަދި އޭގެ ފަހުން އަނެއްކާ ކޮމަންޑޫދާއިރާ ގެއްލޭނެ ކަމަށް ނިޝާން ފާހަގަ ކުރެއްވިއެވެ.  

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަން އެމްއެންޕީއާއި ޕީޕީއެމާއި އެމްޑީޕީއިންވެސް ވާދަކުރެއެވެ. މީގެކުރިން އެދާރާއަކީ އެމްޑީޕީގެ މެންބަރެއް ގޮނޑި ފުރުއްވަމުން ގެންދެވި ދާއިރާއެކެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ނިޝާން ވިދާޅުވީ ބައި އިލެކްޝަން އޮންނަން ދެންބާކީ އޮތީ 24 ދުވަސް ކަމަށާއި، އޭގެ ފަހުން ކޮމަންޑޫ ދާއިރާގެ ރަށްޔިތުން ދެކެވާ ލޯބިވެސް މުޅިން ކެނޑިގެން ހިނގައިދާނެ ކަމަށެވެ

"މިއީ ބަޔަކުދެކެ ލޯބިން ހަމްދަރުދީއެއް އޮވެގެން އުޅޭ އުޅުމެއް ނޫން އިގޭތޯ. މިއީ އަމިއްލަ އެދުމާއި، ނޭއްގާނީކަމާއި، އަމިއްލަ މަސްލަހަތާއި އަމިއްލަ އަންބޮޑި ހިމާޔަތްކުރަން އުޅޭ އުޅުމެއް" ނިޝާން ވިދާޅުވިއެވެ.

ކޮމަންޑޫދާއިރާގެ ރައްޔިތުންނަށް ވޯޓު ލާންވީ ކޮން ކެނޑިޑޭޓަކަށް ކަން އެނގޭނެ ކަމަށާއި ބަޔަކު ކިޔައިދޭކަށް ނުޖެހޭނެ ކަން ފާހަގަ ކުރައްވަމުން ނިޝާން ވިދާޅުވީ އެ ތިން ރަށުގެ ރައްޔިތުންނަކީ ވެސް އިލްމީ ގޮތުން ގާބިލު ތަންދޮރު ދަންނަ ރައްޔިތުން އުޅޭ ތަނެއް ކަމަށެވެ. އޭނާ ވަނީ އެދާއިރާގެ ރަށްޔިތުންނަށް އެކަން އަމިއްލަ އަށް ކުރުމަށް ދޫކޮށްލުމަށް ގޮވާލައްފާފައެވެ. 

"ކޮމަންޑޫ ދާއިރާ މިއީ ތައުލީމީ ގޮތުން މަތީ ވަނަތައް ހާޞިލުކޮށްފައިވާ އަޅުގަނޑު އެދާއިރާއަކަށް ފަހުރުވެރިވާ ދާއިރާއެއް"ނިޝާން ވިދާޅުވިއެވެ.

މީގެ އިތުރުން އިންތިހާބީ ހައްގަށް އަރައި ނުގަތުމަށާއި، އެކަމުގެ މިނިވަންކަން އެދާއިރާގެ ރަށްޔިތުންނަށް ދޫކޮށްލުމަށްވެސް އެދާއިރާއަށް ނިސްބަތްވާ ވަކީލު ގޮވާލެއްވިއެވެ.

25%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
31%
ސަތޭކައަކުން ސުމެއް
31%
ވަރަށް ސަލާމް
ކޮމެންޓްސް