ads
މ. މުލަށް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު -- ފޮޓޯ: އެމްޓީސީސީ
މުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމިއްޖެ
މ. މުލަށް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ޢަމަލީ މަސައްކަތް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮންޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

ޕްލޭނިން މިނިސްޓްރީން  އެމްޓީސީސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ 17.6 މިލިޔަން ރުފިޔާގެ އެ މަޝްރޫއުގެ މަސައްކަތް ނިމުނީ 23 ޑިސެމްބަރު 2021 ވަނަ ދުވަހުޗކަމަށް އެމްޓީސީސީން ބުނެ އެވެ.

މުލަކުގައި 411.90 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖަހާފައިވާ އެމަޝްރޫއާއި ގުޅޭގޮތުން މ. މުލަކު ކައުންސިލްގެ ރައީސް އަހްމަދު ޖަމާލް ސީއެންއެމް އަށް ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން މުލަކުގެ ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭފައެއް ވެގެން ގޮސްފައިވާކަމަށެވެ. އުދަ އަރާ ދުވަސްވަރު އެ ސަރަހައްދުގެ ގެތަކަށް އުދައިގެ އަސަރު މީގެ ކުރިން ކުރަމުން ދިޔަ ނަމަވެސް ގޮނޑުދޮށް ހިމާޔަތްކުރުމުގެ ސަބަބުން އެ މައްސަލައަށް މިހާރު ހައްލެއް ލިބިގެންގޮސްފައި ވާކަމަށް އޭނާ ވިދާޅުވި އެވެ. 

your imageމ. މުލަށް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު -- ފޮޓޯ: އެމްޓީސީސީ

ވޭތުވެދިޔަ ތިން އަހަރުތެރޭ އެމްޓީސީސީން ވަނީ ބަނދަރު ހެދުމާއި، ބިން ހިއްކުމާއި އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ 42 މަސައްކަތެއް ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. 

ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްގީ އާއި އިޖުތިމާޢީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީއިން ދަނީ މުހިއްމު ދައުރެއް އަދާކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް