ads
ދިވެއްސެއްގެ ކައިވެނި ހަފްލާގައި ގްރޫމް މެއިޑުން ނަށާފައި…
މި ވެޑިން ތަފާތުކޮށްލީ ގްރޫމްސްމެންގެ ފުރިހަމަ ލަވަ ސެޓަކުން
ކައިވެނި ހަފްލާތަކަކީ ހަމަ އެކަނި "ރޮމޭންޓިކް މިއުޒިކް" އެއް ޖަހާފައި އޮންނަ ޒަމާން މުޅިން ބަދަލުކޮށްލިތާ އަހަރުތަކެއް ވެއްޖެއެވެ. ކައިވެނި ހަފްލާގެ ތެރެއިން ކުޅަދާނަ މިއުޒިކް ފާންނާނުންނާއި ބޮޑުބެރު ގްރޫޕްތަކުގެ ފަރި ހުށަހެޅުންތައް މި ފަހުން ފެންނަލެއް ގިނަ އެވެ.
Advertisement

މިއަދު ފޭސްބުކްގައި ހިންގާ ޕޭޖަކަށް އަޕްލޯޑްކޮށްފައިވާ ވީޑިއޯއަކުން ފެނުނީ ރާއްޖެއިން ވަރަށް ނުފެންނަ މަންޒަރެކެވެ. ދިވެއްސެއްގެ ކައިވެނީގެ ހަފްލާގައި ބައިވެރިވެ ގްރޫމް މެއިޑުންނާ އެކު ކައިވެނި ކުރި ފިރިހެން މީހާގެ ފޯރިގަދަ ހުށަހެޅުންތަކެއް ދައްކުވައިދޭ ލަވަ ސެޓެކެވެ.

އެ ވީޑިއޯ ދޫކޮށްލުމާއެކު ގިނަ ބަޔަކަށް ވެގެންދިޔައީ ތަފާތު ކަމަށެވެ. ކައިވެނި ކުރި ފިރިހެން މީހާ ހިމެނޭހެން އިތުރު ހަތް މީހަކު ކައިވެނީގެ ހަފްލާ ނިންމާލި ގޮތް އާންމުންނަށް "ފައްކާ" ވެގެން އެވާހަކަ ދެއްކި މީހުން ވެސް މަދެއް ނޫނެވެ.

ފަސް މިނިޓަށް ދިގު ދެމިގެންދިޔަ އެ ވީޑިއޯގައި އެމީހުން ނަށާފައިވަނީ ހިންދީ އަދި ދިވެހި ލަވަ ހިމެނޭ ލަވަ ސެޓަކަށެވެ. ހިންދީގެ ވެސް ފޯރިގަދަ ލަވަތައް ހުރިކަން ފާހަގަކޮށްލެވެއެވެ.

ކައިވެނި ކުރި ފިރިހެން މީހާ މެދަށްވާގޮތަށް ހުރެ ދެން ތިބި މީހުން ގްރޫޕް ޑާންސްއެއް ކުރަމުންދިޔަ އިރު ކައިވެނި ހަފްލާގައި ތިބި މީހުން އޯޑިއަންސްގައި ތިބެ ސާބަސްދީ ފޯރި އަރުވާ އަޑު ވީޑިއޯ އިން ފެނެއެވެ. ފުރަތަމަ ފެށުން އިރު އެ ފިރިހެން މީހާ ލައިގެން ހުރި ކޯޓު ފަހުން ބާލާ އިތުރަށް ނަށަން ފެށީ ފޯރިގަދަ ކުރުމަށްކަމަށް ބެލެވެއެވެ.

މި ވިޑިއޯ ޝެއާ ކުރަމުން ގިނަ ބަޔަކު ވަނީ އެމީހުންގެ ކައިވެނި ހަފްލާގައި ވެސް މިގޮތަށް ފޯރިގަދަ ކުރަން ބޭނުންވެ ރަހުމަތްތެރިންނަށް ޓެގް ވެސް ކޮށްފައެވެ. އަދި ތަފަތު ދައްކާލި ވެޑިންގައި ނެށި ޓީމަށް ވެސް ތައުރީފްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

ދިވެހިންގެ ކައިވެނި ހަފްލާތަކުގައި ވަރަށް މަދުން ނޫނީ މިފަދަ މަންޒަރުތައް ނުފެނެ އެވެ. އާންމުކޮށް ކައިވެނި ކުރާ އަންހެން ކުއްޖާގެ ބްރައިޑް މެއިޑުންނަށް ތިބޭ ކުދިން މިގޮތަށް މަދުން ނަމަވެސް ނަށާތަން ފެެނެ އެވެ. އެކަމަކު ހަމަ ގިނައިން ފޯރި އަރުވާނީ ޕާޓީ ފަޅުފިލުވަން ގެނެސްގެން އުޅޭ ޑާންސް ނުވަތަ ބޮޑުބެރު ގްރޫޕްތަކުގެ މެންބަރުން ނެވެ.

58%
ކަމުގޮސްފި
4%
އަޑުއެހިތާ މިހުރީ
16%
ސަތޭކައަކުން ސުމެއް
22%
ވަރަށް ސަލާމް
ކޮމެންޓްސް