ads
ބިގް ބޮސް ކޮންޓިސްޓުން
ބިގް ބޮސްގައި ދެން ބާކީ ތިބީ ވީއައިޕީ 3 ބައިވެރިން
ކޮންޓްރޮވާޝަލް ރިއަލިޓީ ޝޯ "ބިގް ބޮސް 15" އަކީ ވަރަށް ފޫހި ޝޯއަކަށް ވެފައި ޝޯގެ ޓީއާރްޕީތައް ވެސް ވަނީ ބޮޑު ވެއްޓުމެއް އައިސްފަ އެވެ.

ނަމަވެސް ޓިކެޓު ޓު ފިނާލޭ ޓާސްކްތަކަށް ފަހު މިދިޔަ ހަފުތާއިން ފެށިގެން ރޭޓިންގްސްއަށް ކުޑަ ކުރިއެރުމެއް ލިބުނުތަން ވަނީ ފެނިގެން ގޮސްފައެވެ.  "ޓިކެޓު ޓު ފިނާލޭ ވީކް" ގެ ނަސީބުވެރިންގެ ގޮތުގައި އިއުލާނުކުރި ބައިވެރިންނަކީ ރާކީ ސާވަންތު، ތޭޖަސްވީ ޕްރަކާޝް، ކަރަން ކުންދުރާ، ރަޝްމީ ދޭސާއީ، އަބީޖީތު ބިޗުކާލޭ އަދި އުމަރު ރިޔާޒް އެވެ.

your imageއުމަރު ރިޔާޒް

ނަމަވެސް މިދިޔަ ހަފުތާ ބަންދުގައި "ބިގް ބޮސް 15" އިން އުމަރު ވަނީ "ވީކެންޑް ކާ ވާރް" ގައި އެލިމިނޭޓްވެފައެވެ. އަނެއްކޮޅުން ރަޝްމީ އާއި އަބީޖީތު ވަނީ ނޮމިނޭޝަން ގެ މަސައްކަތް ކުރިއަށް ދިޔައިރު ވީއައިޕީ ސްޓޭޓަސް އިން ދަށްކޮށްފަ އެވެ. ލިސްޓުން އެންމެ ފަހުން އުނިކުރި ހައުސްމޭޓަކީ ތޭޖަސްވީ އެވެ. މިއާ އެކު ޓިކެޓް ޓު ފިނާލޭއާ ވީއައިޕީގެ ދެން ބާކީ ތިބީ އެންމެ ތިން ބައިވެރިންނެވެ.

your imageތޭޖަސްވީ ޕްރަކާޝް

އެންމެ ފަހުގެ އަޕްޑޭޓްތަކަށް ބަލާއިރު ޕްރަތިކް ވަނީ ފިނާލޭ ވީކްގައި އޭނާގެ މަގާމު އަތުލާ އެންމެ ފަހުގެ ހައުސްމޭޓްގެ މަގާމު ވީއައިޕީއަށް ބަދަލުކޮށްފަ އެވެ. އަދި މިހާރު ބިގް ބޮސް ހައުސްގެ އާ ކެޕްޓަނަކީ ޝަމިތާ ޝެޓީ އެވެ. 

your imageޝަމިތާ ޝެޓީ 

ބިގް ބޮސް 15 ގެ ގްރޭންޑް ފިނާލޭއަށް ބާކީ އޮތީ އެންމެ ދެ ހަފްތާ ކަމަށްވާއިރު، ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް، ހާއްސަކޮށް ޓްވިޓާއިން ދަނީ ކާމިޔާބު އަދި ފައިނަލިސްޓުންނާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކާ ގުޅިގެން އަޑުގަދަކުރަމުންނެވެ. ކަލާސް އިން ކުރިއަށް ދާ، ސަލްމާން ހާން ހޯސްޓްކުރާ ޝޯގެ ފައިނަލިސްޓުންނަކީ ޓެޖާސްވީ ޕްރަކާޝް، ކަރަން ކުންދުރާ، ޝަމިތާ ޝެޓީ އަދި ޕްރަތީކް ސެހާޖްޕާ އެވެ. 

ގިނަ ބަޔަކު ބުނަމުން ދަނީ ކަރަން ކުންދުރާ މިފަހަރު ބިގް ބޮސް 15 ގެ ޓްރޮފީ އުފުލައިލާނެ ކަމަށެވެ. އަދި ރަނަރަޕް ޓައިޓަލް ހިފައިގެން ޕްރަތިކް ނުވަތަ ތެޖަސްވީ ގެއަށް ދާނެ ކަމަށް ވެސް ދަނީ ވާހަކަ ދެކެވެމުންނެވެ.

your imageކަރަން ކުންދުރާ

މި ހަފްތާއަށް ނޮމިނޭޓްވާ ކޮންޓެސްޓެންޓުންނަކީ ޑެވޮލީނާ، ޕްރަތީކް ސެހަޖްޕާލް، ރަޝާމީ ދޭސާއީ، ނިޝާންތު ބަޓް އަދި އަބީޖީތު ބިޗުކާލޭ އެވެ. އަދި މި ހަފްތާގައި ގެއިން ނެރެލަން އުޅޭ ކަމަށް ބެލެވޭ ހައުސްމޭޓަކީ އަބީޖީތު އެވެ.

0%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
80%
ވަރަށް ސަލާމް
ކޮމެންޓްސް