ads
ހއ. ހޯރަފުށިން ފުލުހުންގެ ބެލުމުގެދަށަށް ގެނެވުނު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެހި ހުރި ރަބަރު ޕެކެޓުތައް
މަސްތުވާ ތަކެއްޗާއެކު ހޯރަފުށިން މީހަކު ހައްޔަރު ކޮށްފި
މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މަސްތުވާ ތަކެއްޗާއެކު ހއ. ހޯރަފުށިން މީހަކު މިއަދު ހައްޔަރު ކޮށްފިއެވެ.

އެ މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެ މީހާއާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އެ މީހާ ހައްޔަރުކޮށްފައިވަނީ ހޯރަފުށީގައިި ހަރަކާތްތެރިވަމުން އަންނަ ފުލުހުންނެވެ.

ފުލުހުންގެ ބެލުމުގެދަށަށް އެ މީހާ ގެނެވުނީ ރަށުތެރެ ޕެޓްރޯލް ކުރަމުން ދިޔައިރު އޭނާގެ އަމަލުތައް ހުރިގޮތުން މަސްތުވާތަކެތި ގެންގުޅޭކަމަށް ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާ ތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނުމާ ގުޅިގެންނެވެ.

މި މައްސަލަ މިހާރު ހއ. ހޯރަފުށި ޕޮލިސް ސްޓޭޝަނުން އަންނަނީ ތަހުގީގުކުރަމުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް