އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މޯނީގެ ކައިވެނި ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ފަސް ތަރީގެ ރިސޯޓެއް ކަމަށްވާ "ޑަބްލިއު ގޯއާ"ގައެވެ.
ކައިވެންޏަށް ދައުވަތު ދޭން ފަށާފައިވާއިރު ގެސްޓުން އިންތިޒާރުގައި ތިބުމަށް ވަނީ އެދިފަ އެވެ. ރިޕޯޓުތައް ބުނާގޮތުން މި ކައިވެނި ހަފްލާ އަށް އަންނަ ގެސްޓުން، ކޮވިޑް-19 ޕްރޮޓޮކޯލްތަކަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ކައިވެނި ހަފްލާއަށް ދާންޖެހެނީ ވެކްސިން ސެޓްފިކެޓް ހިފައިގެން ކަމަށްވެސް މައުލޫމާތުލިބެއެވެ.
މި ކައިވެންޏަށް ދައުވަތު ދީފައިވާ މެހެމާނުންގެ ތެރޭގައި ކަރަން ޖޯހަރު، އޭކްތާ ކަޕޫރު، މަނީޝް މަލްހޯތުރާ އަދި އާޝްކާ ގޯރާޑިއާ ފަދަ ތަރިން ފާހަގަކޮށްލެވެއެވެ.
މޯނީ 2019 ވަނަ އަހަރުން ފެށިގެން ސޫރަޖް ނަމްބިއާރް އާ އެކު ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑުތައް ފެތުރުނު ނަމަވެސް އޭނާ އަދިވެސް އެކަމާއިމެދު ވަކި އެއްޗެއް ނުބުނެއެވެ.