ads
ދަރިވަރުންތަކެއް----
ގްރޭޑް 1 އަކުން ފެށިގެން 8 ގެ ދަރިވަރުން ސުކޫލަށް ދާންޖެހޭނީ 2 ދުވަހު
ގްރޭޑް 1 އަކުން ފެށިގެން 8 އެއްގެ ދަރިވަރުން ސްކޫލަށް ހާޒިރުވާންޖެހޭނީ ހަފްތާއަކު 2 ދުވަހު ކަމަށް ކަނޑައަޅާ މާލޭގެ ސްކޫލްތަކުގައި ފުރަތަމަ ހަފްތާގައި ކިޔަވައި ދިނުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގޮތް އެޑިއުކޭޝް މިނިސްޓްރީން އާއްމުކޮށްފި އެވެ.
Advertisement

މިކަން މިގޮތަށް ކުރަން ނިންމާފައިވަނީ ރާއްޖޭގައި އަނެއްކާވެސް ކޮވިޑް-19ގެ ވައިރަސް ހަލުއިކަމާއިއެކު ފެތުރެމުންދާތީ ރާއްކާތެރިކަމުގެ ހާއްސަ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން އަންގަމުންދާތީއެވެ.

މިމަހުގެ 16 ވަނަ ދުވަހު ފަށާ 2021-2022 ވަނަ ދިރާސީ އަހަރުގެ ދެވަނަ ޓާމްގެ ކިޔަވައިދިނުން މާލޭގެ ސްކޫލްތަކުގައި ފުރަތަމަ ހަފްތާގައި ކިޔަވައި ދިނުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގޮތް ހާމަކޮށް މިއަދު މިނިސްޓްރީން ނެރެފައިވާ ސާކިއުލާގައި ވާގޮތުން ސްކޫލުތަކުގައި ކިޔަވައިދޭ ދަންފަޅި ވަނީ ކުރުކުރަން ނިންމާފައެވެ. 

އަދި މާލޭ ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ގްރޭޑް 1 އިން 8 ގެ ދަރިވަރުން ފުރަތަމަ ހަފްތާގައި ސްކޫލަށް ހާޒިރުވާންޖެހޭނީ މަދުވެގެން ދެދުވަހު ކަމަށް ކަނޑައަޅައި އެގޮތަށް ސްކޫލުތަކުގެ ޓައިމް ޓޭބަލް ރޭވުމަށް ސްކޫލުތަކަށް މިނިސްޓަރީން ވަނީ އަންގާފައެވެ.

މި އުސޫލުތައް މާލޭ ސްކޫލަށް މިހެން އޮތްކަމުގައި ވީނަމަވެސް މިނިސްޓްރީން "ސީއެންއެމް"އަށް މައުލޫމާތު ދިން ގޮތުން ދަންފަޅިއާއި ހާޒިރުވާންޖެހޭ ދުވަސް ނިންމާނީ މަދުވެގެން ދެދުވަސް ހިމެނޭގޮތަށް އެ ސްކޫލަކުންނެވެ. އަދި އަތޮޅުތެރޭގެ ސްކޫލުތަކުގެ ކިޔެވުން ކުރިއަށް ދާނީ ކުރިއެކޭވެސް އެއްގޮތަށް ނޯމަލް ކޮށެވެ.

ސުކޫލުގެ ކިޔެވުން މާލޭ ސްކޫލުތަކުގައި ފުރަތަމަ ހަފްތާގައި ކިޔަވަން ފަށަން ނިންމާފައި ވާގޮތަކީ:

  • ގްރޭޑް 1 އިން 8 ގެ ދަރިވަރުން ފުރަތަމަ ހަފްތާގައި މަދުވެގެން 2 ދުވަހު ސްކޫލަށް ހާޒިރުވާ ގޮތަށް ޓައިމްޓޭބަލް ރޭވުން
  • ސްކޫލުގެ ކިޔަވައިދޭ ދަންފަޅި ކުރުކުރުން
  • ސްކޫލްގެ ހުރިހާ ހަރަކާތްތަކެއްގައިވެސް ގައި ދުރުކަން ދެމެހެއްޓުން
  • ދަރިވަރުން ސްކޫލަށް ހާޒިރު ވުމުން ހުންބެލުން އަދި ސެނެޓައިޒްކުރުން ނުވަތަ އަތްދޮވުން
  • ކްލާސްރޫމްގައި ދަރިވަރުން ތިބޭއިރު 3 ފޫޓު ދުރުމިން ބެހެއްޓުން
  • މާސްކު ނަގައިގެން ހިންގަންޖެހޭ އެއްވެސް ހަރަކާތެއް ސްކޫލްގައި ނުހިންގުން

ދެވަނަ ޓާމުގެ ކިޔެވުން ފެށާއިރު، ފުރަަތަމަ ހަފްތާގައި މާލޭގެ ހުރިހާ ސްކޫލުތަކުގައި އެމިންގަނޑުތަކާއި އެއްގޮތަށް އަމަލުކުރުމަށް ބެލެނިވެރިންނަށާއި ސްކޫލުތަކަށް މިނިސްޓްރީން ވަނީ އަންގާފައެވެ. 

އެ ސާކިއުލާގައި ވާގޮތުން ވަކިވަކި ސްކޫލްތަކުގައި އިންތިޒާމުތައް ހަމަޖެހިފައިވާގޮތް ބެލެނިވެރިންނަށް އަންގާނީ އެ ސްކޫލަކުންނެވެ.

19%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
22%
ވަރަށް ސަލާމް
ކޮމެންޓްސް