ads
ކޮމަންޑޫ އާއި މަތި ކޮމަންޑޫ
ބޯ އަޅާނެ ބާލީހެއް ބާއްވާނެ ތަނެއްވެސް މިތާކު ނެތް: ކޮމަންޑޫ ކައުންސިލް
ށ. ކޮމަންޑޫއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމުގެ ސަބަބުން ކޮމަންޑޫގައި ބޯ އަޅާނެ ބާލީހެއް ބާއްވާނެ ތަނެއް ވެސް ނެތްކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.
Advertisement

ރައްޔިތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ސިޔާސީ ޕާޓީތަކުން އެރަށަށް ވަޑައިގެން އެންމެ ބޮޑަށް ދައްކަވާ އެއް ވާހަކައަކީ އެރަށުގައި އޮތް ބޯހިޔާ ވަހިކަމުގެ ދަތިކަމުގެ ވާހަކައެވެ.

އެކަން ހައްލުކުރުމަށް ކައުންސިލުން ވޭތުވެދިޔަ ދުވަސްތަކުގައި ކުރި މަސައްކަތްތަކާއި ބެހޭގޮތުން "ސީއެންއެމް" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ކައުންސިލުގެ ރައީސް މުހައްމަދު ސިނާން ކޮމަންޑޫ ސިފަކުރެއްވީ ކުޑަ މާލެއެއްގެ ގޮތުގައެވެ. 

"މިހާރު މިތަން މިއޮތީ ހަމަ މާލެ ގޮތަށް ތޮއްޖެހިފައި. މިތާ ނެތް ބޯ އަޅާލާނެ ބާލީހެއް ބައްވާނެ ތަނެއްވެސް. މައިންބަފައިންގެ ގޯތީގައި އެއްމެން ފިތިގެން އުޅެނީ. އަޅުގަނޑުމެން ކައުންސިލަށް އައިފަހުން އަދި މިއުޅެނީ ގައިން ދޮންވެލި ނުހިކިގެން. އަޅުގަނޑުމެން ވަކި ކޮން ކަމެއްތޯ ކުރާނީ ބޯހިޔާ ވަހިކަމަށް." ސިނާން ވިދާޅުވިއެވެ.

އާބާދީގައި ގާތްގަޑަކަށް 1900 އެއްހާ މީހުން ދިރިއުޅޭ އެރަށުގައި ގޯތި ދޫނުކުރާތާ 40 އަހަރު ވެފައިވާކަން ފާހަގަކުރައްވާ ސިނާން ވިދާޅުވީ، މިދިގު މުއްދަތުގެ ތެރޭގައި 600 އެއް ހާ މީހުން ގޯތި ބޭނުން ވެފައި ވާކަމަށެވެ.

ސިނާން ވިދާޅުވީ، ގާތްގަނޑަކަށް 250 ގެ އެރަށުގައި ހުރިއިރު، އެތަނުން 20 ނޫނީ 30 ގެއަކީ ފަޅު ގޭގެ ކަމަށެވެ. ރަށުގެ އާބާދީގެ ގިނަމީހުން ދިރިއުޅެމުން ދަނީ މާލެއާއި ރާއްޖޭގެ ގިނަ ރަށްތަކުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، މީގެ ކުރިން ރަށުގެ ވަށާ ހިއްކާފައިވަނީ 12 ހެކްޓަރުގެ "ރޮދިފަށެއް" ވަރުގެ ސަރަހައްދެއް ކަމަށާއި، މިހާރުވެސް އުދައަރާ ދުވަސް ވަރެއް ވެއްޖިއްޔާ ރައްޔިތުންނަށް ބޮޑެތި ދަތިތަކާއި ކުރިމަތިވާކަމަށް ސިނާން ވިދާޅުވިއެވެ.

ކޮންމެ ސަރުކާރެއް ވެސް ބޯހިޔާވަހިކަމެއް ދޭން ވައުދުވަނީ ކަމަށްބުނެ ރައްޔިތުން ތިބެނީ އުއްމީދުގައި ކަމަށާއި، ދައުރު ނިމިގެން ދާއިރު ކަމެއްކޮށްދެވޭ ތަނެއް ފެނިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް މި ސަރުކާރުން 30 ހައުސިން ޔުނިޓް އެރަށުގައި އެޅުމަށް ނިންމިކަން ފާހަގަކުރައްވާ ސިނާނު ވިދަޅުވީ، ކޮމަންޑޫއާއި ކޮމަންޑޫ ގުޅުވާލާ ރަށް ބޮޑުކުރުމަށް މިސަރުކާރުން ހިންގާ ޕްލޭން ކަޑައެޅިތާ ދޮޅު އަހަރުގެތެރޭގައި ނިންމާލެވޭނެ ކަމަށް ސަރުކާރުން ވަނީ ވައުދުވެފައި ކަމަށެވެ. އަދި އެކަން މިއަދު ވަނީ އިފްތިތާހު ކޮށްފައިކަން އޭނާ ފާހަގަކުރެއްވިއެވެ. 

53%
ކަމުގޮސްފި
18%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
29%
ވަރަށް ސަލާމް
ކޮމެންޓްސް