ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ފަރްހާން——
ފަރްހާން ވެސް ދެން މާގިނަ ދުވަހަކު ހުސްކޮށް ނުހުންނާނެ
އާޝިގީ2 އިން އަންހެން ކުދިންގެ ހިތްތަކާއި ކުޅެލި މަޝްހޫރު ބޮލީވުޑްތަރި ފަރްހާން އަކްތަރު ވަރަށް އަވަހަށް ކައިވެނިކުރަން އުޅޭ ކަމުގެ ވާހަކަތައް މިހާރު ދަނީ ފެތުރެމުންނެވެ.
Advertisement

ބޭރުގެ ހަބަރުތައް ބުނާ ގޮތުން ކުރިއަށް އޮތް ފެބްރުއަރީ 21 ގައި އޭނާ ކައިވެނިކުރަން މިހާރު ދަނީ ތައްޔާރުވަމުންނެވެ.

އޭނާ ކައިވެނިކުރަނީ ހަތަރު އަހަރުވަންދެން ރައްޓެހިވެގެން އުޅުނު ލޯބިވެރިޔާ ޝިބާނީ އާއެވެ. ނަމަވެސް އެދެމީހުންގެ ކައިވެނީގެ ވާހަކަތައް އަދި ދެމީހުން ކަށަވަރެެއް ނުކޮށްދެއެެވެ.

your imageފަރްހާން އާއި ޝިބާނީ--

ފަރްހާން އާއި ޝިބާނީ ޑޭޓްކުރަން ފެށީ 2018ވަނަ އަހަރުއެވެ. އޭގެ ކުރިން ފަރްހާން ވަނީ ކައިވެންޏެއް ކޮށް އެ ކައިވެންޏަށް ދެ ދަރިންވެސް ލިބިފައެވެ. 

ދެހާސް ވަނަ އަހަރުކުރި އެކައިވެނި ރޫޅުނީ އޭގެ 16 އަހަރު ފަހުން 2016 ގައެވެ.

your imageފަރްހާންގެ ދެދަރިން އަދި ކުރީގެ އަންހެނުން

އަނެއްކޮޅުން 15 އަހަރުވީ ކައިވެނި ރޫޅާލުމަށް ފަހު އާމިރުހާން ވެސް މިހާރު އާ ކައިވެންޏެއް ކުރަން އުޅޭކަމުގެ އަޑުތައް ދަނީ ފެތުރެމުންނެވެ. ނަމަވެސް މިކަން ވެސް އަދި އޭނާ ވެސް ކަަށަވަރެއް ނުކޮށްދެއެވެ.

ރަށްޓެހިވެގެން އުޅޭކަމަށް އަޑުތައް ފެތުރުނު ކެޓްރީނާ ކައިފް އާއި ވިކީ ކޮޝާލްވެސް މިދިޔަ ޑިސެމްބަރު ފަހުކޮޅު ވަނީ ކައިވެނިކޮށްފައެވެ.

ނަމަވެސް ކައިވެނީގެ ފޮޓޯތައް ލީކުވުމާއި ހަމަޔަށް އެމީހުން ވެސް އެކަމާއި ބެހޭ ގޮތުން އެއްވެސް ރަސްމީ ބަހެއް ބުނެފައެެއް ނުވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް