ads
ބީ.ސީ.އެމް ޖަމިއްޔާ އިފުތިތާހުކުރުން
އަންހެނުން ބާރުވެރި ކުރުމަށް ބީ.ސީ.އެމް ނަމުގައި އިތުރު ޖަމިއްޔާއެއް އިފްތިތާޙުކޮށްފި
ބްރިޖިން ދަ ކޮމިއުނިޓީސް މޯލްޑިވްސް (ބީ.ސީ.އެމް) ނަމުގައި އަންހެނުން ބާރުވެރި ކުރުމަށް ޖަމިއްޔާ ރަޖިސްޓްރީކޮށް އެ ޖަމިއްޔާ އިފުތިތާހުކޮށްފި އެވެ.

އަންހެނުންނާއި ޒުވާނުން ބާރުވެރިކުރުވުމާއި، އިޖުތިމާއީ މަސައްކަތްތައް ކުރިއެރުވުމާއި، ތިމާވެށީގެ މައްސަލަތަކަށް ހޭލުންތެރި ކުރުވުމާއި، ޓެރަރިޒަމާއި ހަރުކަށި އަމަލުތަކާމެދު މުޖުތަމައު ހޭލުންތެރި ކުރުވުމުގެ އިތުރުން ހެލްތު އެޑިއުކޭޝަން ކުރިއެރުވުމުގެ މަގުސަދުގައި ރަޖިސްޓްރީކުރި ޖަމިއްޔާ އިފްތިތާހުކޮށް ދެއްވީ ޕާކިސްތާނުގެ ސަފީރު އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އިފްތިތާހުކުރުމަށް ބޭއްވި ޖަލްސާގައި އެ ޖަމިއްޔާގެ މެންބަރުންނަށް ހާއްސަކުރެވިގެން، ތަފާތު އެކި ވިޔަފާރިތަކުން ޑިސްކައުންޓް ލިބޭ "އެލީޓް ކާޑު" އެ ރަސްމިއްޔާތުގައި ލޯންޗުކޮށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ރައީސް މަރިޔަމް ވަހީދާ އެވެ. 

ޓީ.އެފް.ޖީ ބިލްޑިންގެ ކޮންފަރެންސް ރޫމްގައި ބޭއްވުނު މި ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ އަންހެނުން ބައިވެރިވެފައިވާއިރު، މި ޖަމިއްޔާގެ އެގްޒެކިއުޓިވް ބޯޑުގެ އަށް މަގާމަކަށް މެންބަރުން އިންތިހާބު ކޮށްފައިވެއެވެ.

އެޖަމިއްޔާގެ ފުރަަތަމަ ދައުރުގެ ހިންގާ ކޮމެޓީ:

އެގްޒެކްޓިވް ޑިރެކްޓަރު އިބްރާހީމް މުހައްމަދު

ޑިރެކްޓަރު ވޮމެންސް އެފެއާޒް އާމިނަތު ހަބީބާ

ޑިރެކްޓަރު ޔޫތް ހައްވާ ނަޒުހާ

ޑިރެކްޓަރު މީޑިއާ ފާތުމަތު ހަސަން

ސެކްރެޓަރީ ޖެނެރަލް ފާތުމަތު ނައުޝާން

ޑިރެކްޓަރު ފާތުމަތު ސައުދަތު ޝާކިރު

ޑިރެކްޓަރު އާޝިފާ މުސްތަފާ

ޑިރެކްޓަރު ޒާހިދާ އުމަރު އެވެ.

އެޖަމިއްޔާއިން ބުނިގޮތުގައި އެގްޒެކްޓިވް ބޯޑަށް އިންތިހާބުކޮށްފައިވަނީ މަގާމުތަކުގެ ދާއިރާތަކުން ތަމްރީނާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކެވެ. އަލަށް ހިންގަން ފެށި އެ ޖަމިއްޔާ އިފްތިތާހު ކުރީ 100ށް ވުރެ ގިނަ އަންހެނުންގެ މެންބަރޝިޕަކާ އެކުގައި ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް