ads
ސިހުރުގެ ދުނިޔެއިން ސުދާގެ މުޅި ހަޔާތް ބަރުބާދުވެ އެކަނި ވެރި ކަމާއި މާޔޫސް ކަމަުގައި: ފޮޓޯ/ގޫގަލް
ސިހުރުން މުޅި ހަޔާތް ވޭނުގައި އުޅުނު މީހެއްގެ ދިރިއުޅުން!
ސިހުރުގެ ދުނިޔެއިން ސުދާގެ (އަސްލު ނަމެއް ނޫން) މުޅި ހަޔާތް ބަރުބާދުވެ އެކަނި ވެރި ކަމާއި މާޔޫސް ކަމަުގައި އޭނާ ހޭދަ ކުރަމުން ދިޔަ ވަގުތު އޭނާގެ ދިރިއުޅުން ބަދަލުވެ، މިއަދު އޭނާގެ ހާލަތު ވާހަކަ ގިނަ ބަޔަކަށް ނޭނގުނު ކަމުގައިވިޔަސް އެ އާއިލާ އާއި އޭނާ ފަރުވާ އަށް ދިޔަ ގިނަ ބަޔަކު ދަންނަ ހަގީގަތެވެ.
Advertisement

ސުދާ އޭނާގެ މުޅި އުމުރު ހޭދަކުރަމުން ދިޔަ ކަޅު އަނދިރި ކަމުން ފޮރުވިފައިވި ގިލަންވެރި ކަމާއި ބިރުވެރިކަމުން ފުރިގެންވި ހިތްދަތި ހަޔާތުގެ ވާހަކަ "ސީއެންއެމް" އާ ހިއްސާ ކުރަމުން ސުދާގެ އާއިލީ ގާތް މީހެއް ކަމަށްވާ އިނާޔާ (އަސްލު ނަމެއް ނޫން) ބުނީ އެފަދަ ހަޔާތެއް ތަަހައްމަލް ކުރަން ޖެހުނު އެއްވެސް އިންސާނަކު މިދުނިޔެ މަތީގައި ހުންނާނެ ކަމަކަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

ސުދާ މުޅި ދިރިއުޅުން އުމުރުން 15 އަހަރުން ފެށިގެން އެ ބިރުވެރި ކަމާއި އެ ގިލަންވެރި ކަމުގައި ހޭދަކުރަން އޭނާ އަށް މަޖުބޫރު ކުރުވީ ކާކު ކަން އޭނާއަށް ނޭނގުނަސް މިއަދު ސުދާ އެކަމަށް ޝައްކުކޮށް ތުހުމަތު ކުރެވޭ މީހުން އެބަ ތިއްބެވެ.

ސުދާ އަށް އެކަމެއް ދިމާވީ މައިންބަފައިންގެ ގޯތީގައި ދިރިއުޅުމަށް ފަހު، އަމިއްލަ ގޯއްޗެއް ހޯދާ އެ ގެ އަށް ބަދަލުވި ފަހުން ކަމަށް ބުނެ އިނާޔާ ސުދާގެ ވާހަކަތައް ކިޔައި ދެމުން ބުންޏެވެ.

ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނަށް ކެތްނުވެ ގައިގެ ހަންގަނޑު ކުދި ކުދި ވެފައިވާ ހާލު އޭނާ އުޅެމުން ދިޔަ އުނދަގޫ ހާލަތު ސިފަކުރަމުން އިނާޔާ ބުނީ ސުދާ އަށް ސިހުރު ހެދިހެދި ހެން އޭނާއަށް ވަނީ އަބަދުވެސް ނާމާން ކަމާއި ބިރުވެރިކަމެއްގެ ކަސްތޮޅު އެޅިފައި ކަމަށެވެ. 

އިނާޔާ ބުނާގޮތުން އޭރު ސުދާގެ އުމުރުން ވާނީ ގާތްގަނޑަކަށް 18 - 19 އަހަރެވެ. ސުދާގެ އޭރު ދަރިއަކުވެސް ހުއްޓެވެ. ފިރިމީހާގެ ލޯބިވެސް އޭނައަށް ލިބުނެވެ. ކުއްލި އަކަށް ސުދާ މާ ބޮޑަށް ބަލިވާން ފެށިއެވެ. 

ގައިގެ ހަންގަނޑުގައި ހުންނަނީ ބޮޑެތި ރަތް ފިތްތަކެއް ނަގާފައެވެ. އޭރު އެންމެން ވެސް ހީކުރީ ގޭގެ ފެން ބަދަލުވީމަ ވީ ގޮތެއްކަމަށެވެ. އޭރު ވެސް އެތައް ޑޮކްޓަރުނެނަށް ދެއްކުނު ނަމަވެސް އެއްވެސް ކަމެއް ނުވުމުން އެއީ މީހެއްގެ އުނދަގުލެއް ކަމަށް ބަލައި ފަންޑިތަ ހަދާ މީހަކު ގެނެސްގެން ފެންޖަހާ ހެދުމުން ކޮންމެވެސް ވަރެއްގެ ލުއެއް ލިބުނު ކަމަށް އިނާޔާ ބުންޏެވެ.

އެ ފިތްތައް ދުވަސްވާ ވަރަކަށް ބޮޑުވެ ކަޅުވަމުން ގޮސް އެންމެ ފަހުން ސުދާގެ ފިރިމީހާ އޭން ގޮވައިގެން ދިޔައީ އިންޑިއާ އަށް ބޭސް ފަރުވާއަށެވެ. އެއީ ރާއްޖޭއިން އެއްވެސް ފަރުވާއެއް ނުލިބުނު ކަމަށް ބަލާފަ އެވެ. 

ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރު ބޭހާއި އަދި އެތައް ފަރުވާއެއް ސުދާއަށް ކުރި އެވެ. ނަމަވެސް ފުރަތަމަ ދަތުރުގައި ލިބުނު ފަރުވާއިން ރަނގަޅުނުވެގެން އޭގެ ފަހުން ވެސް އެތައް ފަހަރަކު އިންޑިއާއަށް ދިޔަ އެވެ. އިނާޔާބުނިގޮތުގައި އެގޮތައް ސުދާމެން އިންޑިއާއަށް ބޭސް ކުރުމަށް 10 ވަރަކަށް ފަހަރު ދިޔަ އެވެ. އެވަރުން ވެސް އެއްވެސް ހައްލެއް ނުލިބިގެން ރަށަށް ދިޔައީ ނާ އުއްމީދު ގަ އެވެ. 

އެގޮތުގައި ދުވަސްތައް ފާއިތުވަމުން ދިޔައިރު ސުދާއަށް ދެ ދަރިން ލިބުނުކަމަށާއި ކޮންމެ ދަރިއަކީ ވެސް ނުކުޅެދޭ ކުއްޖެއް ކަމަށް އިނާޔާ ބުންޏެވެ. ބަލި ހާލުގައި އެ ކުދިން ވެސް ބަލަމުން ސުދާ ދިޔައީ ހަށިން ހިތްވަރު ނެރެމުންކަމަށް އިނާޔާ ބުންޏެ އެވެ.

"އެތައް ދުވަހަކު ސުދާއަށް އެނދުގައި ނުކުޅެދޭ މީހެއް ފަދައިން އޮންނަން ޖެހުނު. އަތުން ފައިން ވެސް ހަރަކާތެއް ނުކުރެވޭ. އެ ބަލި ހާލުގައި ވެސް އެންމެ އުފާވަނީ އެންމެ ނަމާދެއް ވެސް ދޫކޮށްނުލާތީ،" ސުދާގެ ހިތްވަރު ގަދަކަން ހާމަކުރަމުން އިނާޔާ ބުންޏެ އެވެ.

އެ ހުރިހާ ކަމެއްގެ ތެރެއިން ސުދާ އަށް ކުރިމަތި ވަމުން ދިޔަ ކަންތައް އޭނާ އިނާޔާއަށް ކިޔަދިން ކަމަށާއި އެ ވާހަކަތައް އެހާ ތަފްސީލުކޮށް ކިޔއިދޭން ފެށީ ކީއްވެކަމެއް ނޭނގޭ ކަމަށް އިނާޔާ ބުންޏެވެ.

"ހީވަނީ އޭނައަށް އެ ވާހަކަ ދައްކަން މަޖުބޫރު ވީ ހެން. ދެ ނަމާދު ދޭތެރޭގައި ގަދަޔަށް ހީ ކެރުވުމާއި ފާހަނަ އަށް ވަންނަ ގަޑީގައި ބިރުވެރި ސިފައިގައި ހުންނަ ހިޔަންޏެއް ފެންނަ ހެން ހީވުމާއި ނިދާ ގަޑީގައި ހިޔަންޏެއް ގަޔާ ކައިރީގައި ހުންނަހެން ހީވާ ކަމަށް ސުދާ ބުނި." ސުދާއަށް ކުރިމަތިވަމުންދިޔަ ބިރުވެރި ކަންތައްތައް އިނާޔާ ކިޔައިދިނެވެ.

އިނާޔާ ބުނީ އެ ވާހަކަ ސުދާ ކިޔައިދިން ނަމަވެސް އެ އެވާހަކަތައް މާބޮޑަށް ގަބޫލު ނުކުރާ ކަމަށާއި ނަމަވެސް ސުދާ ކިބައިން ފެންނަމުން ދިޔައީ ހިތް ނުތަނަވަސް ކަމާއި އަބަދު ބިރު އުޅޭހެން ހީވާ ގޮތަކަށް އުޅެމުންދިޔަ މަންޒަރުކަމަށެވެ.

އެންމެ ފަހުން ކަންތައްތައް މާ ބޮޑުވެ ސުދާގެ ހާލަތު ވެސް ގޯސްވާން ފެށުމާއެކު ސުދާގެ ފިރިމީހާ ސުދާ ގޮވައިގެން އަނެއްކާ ވެސް އިންޑިއާއަށް ދިޔަ ކަމަށާއި އެ ފަހަރު އިންޑިއާ އަށް ދިޔައީ ކޮންމެހެން ޑޮކްޓަރީ ބޭސް ކުރަން ނޫން ކަމަށް އިނާޔާ ބުންޏެވެ.

"އެންމެ ފަހުން އިންޑީއާއަށް ދިޔައީ ޑޮކްޓަރީ ބޭސް ކުރާކަން ނޫން. މީހެއްގެ އުނދަގުލެއްކަމަށް ޔަގީންކޮށްފައި ދިޔައީ އެކަން ބަލަން. ރުގްޔާ ކުރަން. އެންމެ ފަހުން ރުގިޔާ ކުރާ މީހަކު ހޯދައިގެން އެ މީހާ ކައިރިއަށް ގެންދިޔައީ،" އިނާޔާ ބުންޏެ އެވެ.

ރުގްޔާ ކުރާ މީހަކު ހޯދައިގެން އޭނާ ކައިރިއަށް ސުދާ ގޮވައިގެން ސުދާގެ ފިރިމީހާ އިބްރާހީމް (އަސްލު ނަމެއް ނޫން) ދިޔަ އެވެ. އެ މީހާ އަކީ އަވަށްގަނޑެއްގައި އުޅޭ ވަރަށް ރަނގަޅު މީހެއްކަމަށާއި އޭނާއަކީ ދީނީ ކަންކަން ގަވާއިދުންކޮށް އުޅޭ އެހިސާބުގެ މީހުން ވަރަށް ބޮޑަށް އިހުތިރާމް ކުރާ މީހެއްކަމަށް އިނާޔާ ބުންޏެ އެވެ.

"ފުރަތަމަ ވެސް ބުނީ ފައި ދައްކާ ލުމަށް. ފައިން ފެނުނު ލަކުނު ތައް ފެނުމާ އެކު އޭނާ (ރުގްޔާ އިދުރީސް) އަށް ޝަހާދަތް ކިޔުނު ކަމަށް ބުނީ. ދެން ކޮންމެ ވެސް ކަމެއްކޮށްފައި ބުނީ މި ފަކީރު މަރުނުވެ މަށާ ހިސާބަށް އާދެވުނީ ސުދާގެ ނަސީބު ރަނގަޅު ކަމުން ކަމަށް. އެ ދުވަހު ރުގްޔާ ކުރާ މީހާ ކުރި ކަމެއްކޮށްފައި ޖެހިގެން އަންނަ ދުވަހު އަންނަން ބުނެފައި ފޮނުވާލީ،" އިންޑިއާއަށް ގޮސް އުޅުނު ގޮތް އިނާޔާ ކިޔައިދިނެ އެވެ.

ސުދާ އާއި އޭނާގެ ފިރިމީހާ އިބްރާހިމް އާއި އެ މީހުންނައެކު އިންޑީއާއަށް ދިޔަ އާއިލާ މީހަކާ ތިން މީހުން ރުގްޔާ ކުރާ މީހާގެ ގެއިން ނުކުމެގެން ސުދާ މެން ތިބޭ ގެ އަށް އައީ ރުގްޔާ ކުރާ މީހާ ދިން އެއްޗެއް ހިފައިގެންނެވެ. އެ އެއްޗަކީ އިނާޔާ ބުނިގޮތުގައި ނަމަ އެ ރޭ ސުދާ ނިދީމާ އޭނާ ބޯއަޅާ ބާލީސް ދަށަށް ލާން ދިން އެއްޗެކެވެ. 

ގެ އަށް އައިސް އެ ރޭ ވުމުން ސުދާ ނިދުމާއެކު ރުގްޔާ މީހާ ދިން އެތި ސުދާއްތަ ނިދާފަ އޮއްވާ އެ އެއްޗެއް ބާލީސް ދަށަށް ލިއެވެ. އިދުރީސް ބުނީ ގޮތަށް ދެންވާނެ ގޮތެއް ބަލަން އިބްރާހިމް އާއި އެ މީހުންނާއެކު ދިޔަ މީހާ ހޭލާ އިނެވެ. 

"ގަޑިން 11:55 ވެއްޖެވެ. ހިތް އަވަސް ވެފައި އިބްރާހިމްއަށް  އިނދެވުނެވެ. ބަރާބަރު 12 ޖެހުމާއެކު ސުދާ ނިދީގައި ކުކުރަމުން ވާހަކަ ދެއްކި. ކަލޭ އަހަރެން މަރާލަން ވަޅިއެއް ހިފައިގެން އައިސް ތިހިރީ ކީއްވެ ޝަރީފް ކަލޭ އަހަންނަށް ސިހުރު ހެދީ، އެހެން ބުނުމާއެކު ސުދާ ފުއްމައިގެން އެނދުން ތެދުވި. އެ ތެދުވުމާއެކު ހޮޑު ލާން ފެށި. ކަޅުކުލައިގެ ދަވަތަކެއް ހޮޑަށް ލަމުން ދިޔައީ. އެ ހާލެއްގައި އެ ރޭ އުޅުނު ކަމަށް ބުނީ. ޖެހިގެން އައި ދުވަހު އަނެއްކާ ދިޔައީ ރުގްޔާ ކިޔަވާ މީހާ ގާތަށް،" 

ސުދާއަށް ވާނުވާ އެނގުނީ އެހިސާބުންނެވެ. ދެން ރުގްޔާ ކުރި މީހާގެ ފަރުވާއަށް ފަހު މާލެ އަށް ސުދާމެން އައީ ރުގްޔާ ކުރި މީހާގެ ލަފާގެމަތިން އޭނާ ބުނި ގޮތައް ކަންކަން ކުރުމަށެވެ. ރުގްޔާ ކުރި މީހާ ބުނި ގޮތަށް ކަންތައް ވިޔެ އެވެ. މާލޭ އެއާޕޯޓުގައި ފައި ޖެހުމާއެކު އަނެއްކާވެސް ސުދާ ހޮޑުލާން ފެށިއެވެ. އިނާޔާ ބުނީ އެ ހިސާބުން ޑޮކްޓަރަށް ދައްކައިގެން ބޭސް ބޭނުން ކުރަމުންދިޔަ ނަމަވެސް އިންޑީއާއިން ރުގްޔާ ކުރި މީހާ ބުނިގޮތަށް މާލެ އައީސް ވެސް މާލެއިން ރުގްޔާ ކުރާ މީހަކު ހޯދައިގެން  ފަރުވާ ފެށި ކަމަށެވެ.

ރުގްޔާ ކުރާ މީހެއްކަމަށްވާ އާމީން ކިޔާ މީހަކު ލައްވާ އޭނާ އެދުނު ގޮތަށް ކަންތައް ކުރަމުން ދިއުމާއެކު ތިން ރޭވަންދެން އެ ބިރުވެރި ހުވަފެން ސުދާއަށް ފެނު ކަމަށާއި ކޮންމެ ރެ އަކު ވެސް ފެންނަނީ ސުދާ މަރާލަން ޝަރީފު އަންނަ ތަންކަމަށް އިނާޔާ ބުންޏެވެ.  

އެ ޝަރީފަކީ ސުދާ މެންނާ ގާތްތިމާގެ މީހެކެވެ. ސުދާގެ ފުރާނަ ދުއްވާލުމަށް ސިހުރު ހަދަނީ ޝަރީފުކަން އެ ހިސާބުން ސުދާ އާއި އޭނާގެ ފިރިމީހާ އަދި އާއިލާއަށް ވެސް އެނގުނެވެ. ނަމަވެސް މިއަދު ސުދާ ވެސް އަދި ފިރިމީހާ ވެސް އެމީހާއަށް ގެއްލުމެއް ދޭކަށް ބޭނުން ނުވެއެވެ. އިންޑީއާއިން ރުގްޔާ ކުރި މީހާގެ ބުނިގޮތަށް އަމީން ވެސް ބުނިގޮތަށް ސުދާ އުޅެމުންދިޔަ އަމިއްލަ ގޭގަ ވަޅުލާފައި ހުރި ތަކެތި ކަނޑަށް ބޭރު ކުރީއެއެވެ. 

މިހާރު ސުދާއަށް ވަރަށް ބޮޑަށް ބަލި ރަނގަޅު ވެއްޖެއެވެ. ނަމަވސް ޒުވާންކަން ގެއްލިގެން ދިޔައީ އެ ބަލި ހާލުގަ އެވެ. ހަމަ ޖެހުނު ނޭވާއެއް ލެވުނު އިރު ސުދާ ގެ އުމުރުން 50 އަހަރުން މައްޗަށް ހިނގައްޖެ އެވެ. ނަމަވެސް އެ ދެމަފިރިންގެ ދިރިއުޅުން ހަމައަކަށް އެޅުމުގެ އިހްސާސް އެ މީހުންނަށް ކުރެވުނު އިރު ލިބުނު ދެ ކުދިންވެސް އެމީހުންނާ އުމުރަށް ވަކިވެގެން ހިނގައްޖެ އެވެ.

24%
ކަމުގޮސްފި
6%
އަޑުއެހިތާ މިހުރީ
64%
ސަތޭކައަކުން ސުމެއް
6%
ވަރަށް ސަލާމް
ކޮމެންޓްސް