ads
ފޮޓޯ: ކަރެކްޝަނަލް ސާވިސް
ޖަލު އޮޑިޓް ރިޕޯޓް ތަންފީޒު ކުރުމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލައިފި
"ދިވެހިރާއްޖޭގެ ޖަލުތަކުގެ އޮޑިޓް ރިޕޯޓް 2019"ގައި ހުރި ކަންކަން ތަންފީޒު ކުރުމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލައިފި އެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު "ސީއެންއެމް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ދިވެހިރާއްޖޭގެ ޖަލުތަކުގެ އޮޑިޓް ރިޕޯޓް 2019" ގައި ހުރި ކަންކަމުގެ ތެރެއިން ކަރެކްޝަނަލް ސާވިސްއަށް ހުށަހަޅާފައި ހުރި ކަންކަން ތަންފީޒުކުރުމަށާއި، ތަންފީޒުކުރެވޭ މިންވަރު ބެލެހެއްޓުމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ. 

  

އެގޮތުން މި ކޮމިޓީގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސްގެ އިތުރުން ކަރެކްޝަންސްގެ ހެޑް އޮފީހުގެ އިސްބޭފުޅުން ހިމެނިވަޑައިގަންނަވާ ކަމަށްވެސް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވަނީ މައުލޫމާތު ދެއްވާފަ އެވެ.

ކަރެކްޝަނަލް ސާވިސްއިން ހާމަކޮށްފައިވާ ގޮތުގައި ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު މި ހާއްސަ ކޮމިޓީގެ މެމްބަރުންނާއި ބައްދަލުކުރައްވައި "ދިވެހިރާއްޖޭގެ ޖަލުތަކުގެ އޮޑިޓް ރިޕޯޓް 2019" ގައި ހުރި ކަންކަން ތަންފީޒުކުރުމަށް ކުރަންހުރި މަސައްކަތްތައް ހާއްސަ އިސްކަމެއް ދެއްވައިގެން ކޮށްދެއްވުމަށް އެދިވަޑައިގެންފައިވެ އެވެ. 

"ދިވެހިރާއްޖޭގެ ޖަލުތަކުގެ އޮޑިޓް ރިޕޯޓް 2019" ގެ ހުށައެޅުންތަކުގެ ތެރެއިން އެންމެ ގިނަ ހުށައެޅުންތައް ރައްދުވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށެވެ. އެއީ ހުށަހެޅުންތަކުގެ 64 އިންސައްތަ އެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް