ads
ގިނަ ބަޔަކަށް އަދިވެސް ހަމަ ކަމުދަނީ ކުރީގެ ފިލުމުތައް——
ކަމުދަނީ މިހާރުގެ ދިވެހި ފިލުމްތަ؟ ނޫނިީ ކުރީގެތަ؟
މި ސުވާލު ކޮށްލައިފިނަމަ އަދިވެސް ހަމަ ގިނަބައެއްގެ ޖަވާބަކަށް ވާނީ، "ކުރީގެ ފިލްމްތަކޭ" އެވެ.
Advertisement

ގިނަ ބައެއް ގަބޫލު ކުރާގޮތުގައި މިހާރުގެ ފިލްމްތަކުގައި ކުރީގެ ފިލްމްތަކުގައި ހުންނަ ކަހަލަ އެކްޓިންއެއް ނުފެނެއެވެ. ނުވަތަ އެޝައުގުވެރި ކަމެއްވެސް ނުހުރެއެވެ. އަދި އެއްވެސް ކަހަލަ އޮއްޓަރެއް ނުހުރެވެ. 

އެއީ ތެދެކެވެ. މިހާރުގެ ފިލްމްތަށް ހުންނަނީ މާބޮޑަށް "އޯވާ" ވެފައެވެ. އަދި މިހާރު ނެރޭ ގިނަ ފިލްމް ތަކުގައި ކުޑަކުދިންނާއި ނުގުޅޭ މަންޒަރާ އަޑު ގިނަ ފަހަރު ހުރެއެވެ. މައިންބަފައިންނާ އެކީ ތިބެގެން ބަލާލެވޭ ވަރެއް ނޫނެވެ. ކުރާނީ ކީއްހެއްޔެވެ؟ ޒަމާން ބަދަލު ވެއްޖެއެވެ. 

ކުރީގެ ފިލްމް ތަކުގެ ވާހަކަ ދައްކާލަަން ހިނގާށެވެ. ކުރީގެ ފިލްމުތަކުގައި ބަލާލަން ފަސޭހަ މަންޒަރު ތަކާއި، އަޑުތައް ހުންނާތީ އެއީ އާއިލާއާއެކުވެސް ބަލާލަން ހެޔޮވަރު ފިލްމު ތަކަށް ވެގެންދެއެވެ. ދައްކުވައިދޭން ބޭނުންވާ މަންޒަރު ސާފުކޮށް އެނގިގެންދާއިރު، އެކްޓިންވެސް އެހާމެ ފުރިހަމަވެފައި އަސްލާ އެއްގޮތެވެ. ބަސްމަގަށް ބަލާލިޔަސް ދިވެހިންގެ، ދިވެހި ވަންތަ ގޮތްގަނޑު ފެނިގެން ދެއެވެ.

ހިތާމަވެރި ފިލްމެއްނަމަ ހިތުގެ އެންމެ ހިމަ ނާރުތަކާވެސް ކުޅެލައެވެ. އެހާވެސް އަސަރު ގަދަވެފައި އަސްލާ އެއްގޮތެވެ. މަޖާ ވިއަސް ހީނހީނ ބަނޑަށް ވާންވާވަރު ވެއެވެ. މަޖާ ކަމުގެ ވާހަކަ ދެއްކާއިރު ކުރީގެ ފިލްމީ ފަންނާނުންގެ ހަނދާން އާކޮށް ނުލައި ދޫކޮށްލެވޭކަަށް ނެތެވެ. 

ހާޖަރާ، ސިއްތިފުޅު  ޔޫސޭ، މުހަންމާ ، މީގެ ތެރެއިން ސިއްތިފުޅާ ހާޖަރާ ދުނިޔޭގައި ނެއްކަމުގައި ވީނަމަވެސް އެއީ މިހާރުވެސް ގިނަބައެއްގެ ލޯބި ލިބެމުންދާ ދެ ފަންނާނުންނެވެ. އަޅުގަނޑަށްވެސް ފިލްމީ ދާއިރާގައި އެންމެ ކަމުދާ ދެ ފަންނާނުންނަކީ މިއީއެވެ. ދުވަސްކޮޅު ކޮޅުން މި މީހުންގެ ފިލްމުގެ ބައެއް މަޝްހޫރު ޑައިލޮގުތައްވެސް ސޯޝަލް މީޑިއާގައި ވައިރަލް ވެގެން ދެއެވެ. މިއިންވެސް ދޭހަވަނީ ކުރީގެ ފިިލުމުތަކަށް އަދިވެސް މަގުބޫލުކަން އޮތް މިންވަރެވެ.

ދެން މިހާރުގެ ފިލްމް ތަކަށް ނަޒަރު ހިންގާލާނަމެވެ. މިހާރުގެ ފިލްމް ތަކުން އެކްޓިންއޭ މިކިޔާ އެތި ފެނޭ ހެއްޔެވެ؟ އެއްވެސް ކަހަލަ އޮއްޓަރެއް ހުރޭ ހެއްޔެވެ؟ މިހާރުގެ ފިލްމް ތަކުގައި ހިތާމަވެރި ވިއަސް އޮއްނަނީ މަޖާ ވެފައެވެ .މަޖާ ވެއްޖެއްޔާވެސް އޮއްނަނީ އޯވާ މަޖާ ވެފައެވެ. އެވަރުން ނުވެގެން ޅަދަރިން ގޮވައިގެން ތިބެ ބަލާލަންވެސް ނުކެރެއެވެ. އެއްބަސް ރީއްޗަށް ބުނިއްޔާ އަނެއްބަސް ބުނާނީ ދެފުށް ދެގޮތަށް މާނަ ނެގޭ ގޮތަށެވެ. ސުވާލަކީ މިހާރުގެ ފިލްމް ތަކުން އަސްލު ހަގީގަތުގައި އަޅުގަނޑުމެންގެ މުޖްތަމައުއަށް ނޭދެވޭ އަސަރު ނުފޯރާނެ ހެއްޔެވެ؟ ބައެށް ފިލްތަކުގައި ހަމަ ސީދާ ރޯ އަވަގުރާނަވެސް ކިޔާފައި އެބަހުއްޓެވެ. މި ކަމުން އަހަރުމެންގެ ޅަދަރިއްނަށް އަސަރެށް ނުކުރާނެ ހެއްޔެވެ؟ ހަގީގަތުގައިވެސް މިކަމާ ވިސްނާލުން މުހިންމެވެ.

އަޅުގަނޑު އަސްލު ބުނަންމިއުޅެނީ މިހާރުވެސް ހުނަރުވެރި ކުދިން އަޅުގަނޑުމެންގެ މި ފިލްމީ ދާއިރާގައި ނެތެކޭ ނޫނެކެވެ. އެބަތިއްބެވެ. އެކަމަކު ފިލްމެއްގެ ޒަރީއާއިންވެސް މުޖްތަމައުއަށް ދޭން ޖެހޭ މެސެޖް އޭގެ އެންމެ ފުރިހަމަ ގޮތުގައި ނުދެވޭ ވާހަކައެވެ. މިހާރުގެ ފިލްމްތަކުގެ ބަހުރުވަ ހުންނަގޮތުން މީހުންގެ ތެރޭގައި އޭތި އެހާ ސަޅިކަމަކަށް ނުވެއެވެ. އަދި ލިބެންްވާ ވަރަށް އިހުތިރާމް ވެސް ނުލިބެއެވެ. އަދި އިސްވެ ދިޔަ ކަންކަމަށް ފިލްމް ކުޅޭ ފަންނާނުންނަށް ވުރެން ބޮޑަށް އެހަދާ ޕްރްޑިއުސަރުން ވިސްނަންޖެހެއެވެ.

92%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް