މި އެއްބަސްވުމުގައި ސޮއިކުރެވުމާއެކު، މަޑިވަރު އެއާރޕޯޓް ރަސްމީކޮށް ހުޅުވުމަށް ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް އެކުންފުންޏާއި ކުރެއްދޫ ހޯލްޑިން ލިމިޓެޑާއި ގުޅިގެން ވަނީ ފަށައިފައި ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.
އެއާރޕޯޓް ހުޅުވުމަށް ކުރަންޖެހޭ މަސައްކަތްތައް ނިމުމާއެކު މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ފެބުރުވަރީ ތެރޭގައި މަޑިވަރު އެއާރޕޯޓަށް ފެށުމަށް އެކުންފުނީގެ ފަރާތުން ވަނީ ނިންމާފައެވެ. މިވަގުތު އައިލެންޑް އޭވިއޭޝަންގެ ފަރާތުން ދަނީ ތިން ޑޮމެސްޓިކް އެއާރޕޯޓް ކަމަށްވާ ބ. ދަރަވަންދޫ، ތ. ތިމަރަފުށި އަދި ރ. އިފުރުގައި ހިންގަމުންނެވެ.
މީގެ އިތުރުން އައިލެންޑް އޭވިއޭޝަންގެ ފަރާތުން ދަނީ ނ. މާ ފަރުގައި އިންޓަރނޭޝަނަލް އެއާޕޯރޓެއްވެސް ހިންގަމުންނެވެ.