ads
ދާންދޫ ބަނދަރު ހެނދުމުގެ މަޝްރޫއުަގއި ސޮއި ކުރެވުން ފޮޓޯ/އެމްޓީސީސީ
ހަތްދިހަ މިލިޔަން ރުފިޔާއަށް ދާންދޫ ބަނދަރު ހެދުމުގެ ކޮންޓްރެކްޓް ގައި ސޮއިކޮށްފި
ހަތްދިހަ މިލިޔަން ރުފިޔާއަށް، ގއ ދާންދޫ ބަނދަރު ހެދުމުގެ ކޮންޓްރެކްޓް އެމްޓީސީސީ އާއި ޕްލޭނިން މިނިސްޓްރީން ސޮއި ކޮށްފިއެވެ.

ދާންދޫ ބަނދަރު ހެދުމުގެ ކޮންޓްރެކްޓް އަކީ އެމްޓީސީސީން 70.8 މިލިޔަން ރުފިޔާ ސަރުކާރުން ހަރަދު ކުރާ ގޮތަށް ހެދުމަށް ނިންމާފައިވާ މަޝްރޫއެކެވެ.

މިމަސއްކަތް ނިންމުމަށް އެމްޓީސީސީއަށް ދީފައިވާ މުއްދަތަކީ 485 ދުވަހެވެ.

މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތް ތަކަކީ 81،404 ކިއުބިކް މީޓަރުގެ ބަނދަރު ފުން ކުރުމާއި، 333 މީޓަރު ބޭރުތޮށި ޖެހުމާއި، 370 މީޓަރު ރިވެޓްމެންޓް ޖެހުމާއި، 30 މީޓަރު ގްރޮއިން ޖެހުމާއި، 529 މީޓަރު އެއްގަމު ތޮށި ޖެހުމާއި، 104 މޫރިން ބޮއި ހަރުކުރުމާއި، 30 މީޓަރު ދިގު 4 މީޓަރު ފުޅާ ކޮންޓްރެކްޓް ބުރިޖް އެޅުމާއި، 100 މީޓަރު ދިގު ތިން މީޓަރު ފުޅާ ކޮންކްރެޓް ޖެޓީ އެޅުމާއި، 10 މީޓަރު ދިގު 9 މީޓަރު ފުޅާ ރޭމްޕް ހެދުމާއި، 3747.71 އަކަމީޓަރު ޕޭވްމެންޓް ހެދުމާއި، 36 މަގުބައްތި ޖެހުމާއި، 2 ނެރު ބައްތި ހަރުކުރުން ހިމެނޭކަމަށް އެމްޓީސީސީން ބުނެއެވެ.

މި ކޮންޓެކްޓްގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޕާމެނެންޓް ސެކެޓްރީ ޒިނިޔާ އަހްމަދު ހަމީދެވެ.އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އެގްޒެކްޓިވް އޮފިސަރު އާދަމް އާޒިމް އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް