ads
ރިހާކުރު ބޮޑި
ސީއެންއެމް ބަދިގެ: މިފަހަރު ތައްޔާރު ކޮށްލަނީ ރިހާކުރު ބޮނޑި
"ސީއެންއެމް" ބަދިގެއިން މިހާރު ތައްޔާރު ކޮށްލަން މިއުޅެނީ ދިވެހިންނަށް ކަމުދާ ދިވެހިންގެ ސަގާފީ ކެއުމެއް ކަމަށްވާ ރިހާކުރު ބޮނޑި ތައްޔާރު ކޮށްލަން ހަދަން ޖެހޭ ގޮތެވެ.

މިއީ ގޭގައި ތިބެގެން އާމްދަނީ ހޯދަންވެސް ކުރަން ފަސޭހަ އަދި އަވަހަށް ވިއްކާ ލެވޭނެ އެއްޗެކެވެ. ބޮޑި ތައްޔާރު ކޮށް ނިމޭއިރު، މުޅި ސަރަހައްދުގައި، އެއްވަހަކަށް ހުންނަ ރިހާކުރުގެ މީރު ވަހުގެ ސަބަބުން ކާހިތްވެ ކުޅު ދިޔާވާނެއެވެ. އިސާހިތަކު މީހުން ބޮނޑި ގަންނަން އައިސް ބޮނޑިތައް ހުސްވާލެއް އަވަސް ވާނެއެވެ.

ބޮނޑި ތައްޔާރު ކޮށްލުމަށް މާގިނަ އެއްޗެއްސެއް ބޭނުމެއް ނުވާނެއެވެ. މިއީ ގޭގައި ކައްކާ ގަރުދިޔަ ތެލީގެ ތެރެއަށް ވެސް އަޅައިގެން ހަދާލެވޭނެ ގުޅައެކެވެ. ނަމަވެސް މިގުޅަ ބޮޑަށް މީރުވާނީ ރިހާކުރު ހަދަން ބޭނުން ކުރާ ގަރުދިޔަ ތެލީގެ ތެރެއަށް އަޅައިގެން ގިނަދުވަހު ކެއްކީމައެވެ.

ބޭނުންވާތަކެތި:

ރޯމަސް (ބޮޑަށް މީރުވާނީ ކަޅުބިލަމަސް)

ފެން (ވާރޭފެން)

ތައްޔާރުކުރާނެގޮތް:

މަސް، ކެނޑުމަށްފަހު އޭގެ ތެރޭގައި އޮންނަ ކަށިގަނޑު ނަގާނީއެވެ. އެ ކަށިގަނޑު ނެގުމަށްފަހު، ސަމްސަލެއް ބޭނުން ކޮށްގެން މަސްތައް ކަހާލާށެވެ. އެއަށްފަހު އަތަށް ހެޔޮވަރު ވަރަކަށް ގުޅަ ވަށާ ލުމަށްފަހު، ކައްކަން އުދާލާފައި ހުރި ފެން އެތި ބޮކިޖަހާ ކެކިގަތުމުން އެއަށް އަޅާނީއެވެ. ރޯފިލަންދެން ކައްކަން ވާނެއެވެ. އެއަށްފަހު ތިން ހަތަރު ދުވަސް ވަންދެން ކައްކަން ޖެހޭނެއެވެ. އެއީ ބޮނޑީގެ ތެރެއަށް ދިޔަވަދެ އޭގެ ރަހަ ހިފެހެއްޓުމަށެވެ.

އެއަށްފަހު ބޮނޑި (ގުޅަތައް) ތެލިން ނަގާ ދުމަށި މަތީގައި ފަތުރާލާނީއެވެ. އެއްދުވަސް ވަންދެން ބޮޑި ދުމަށި މަތީގައި ހޫނު ކުރަން ބެހެއްޓުމަށްފަހު، ރަނގަޅަށް ދުން ޖައްސާށެވެ. އެއަށްފަހު އަނެއްކާ ވެސް ކުރިން ކެއްކި ތެލީގެ ތެރެއަށް ބޮނޑި އެޅުމަށްފަހު ރިހާކުރު ގެށެންދެން ރަނގަޅަށް ކައްކާނީއެވެ.

އުނދުން މަތިން ތެލި ބޭލުމަށްފަހު، ބޮޑި އާއި އެކު ކެއްކި ރިހާކުރު ކޮޅު އޮލަ ވަންދެން އުދުޅިން އެއްވަރު ކުރާށެވެ.

ރިހާކުރާއި، ބޮނޑީގައި، ހޫނު ކަން ހުއްޓާ، ބަތާއި، ތެލުލި ފަތާއި، ލުބޯ، ހިކި މިރުސް، ފިޔާ، އާއި އެއްކޮށް ސާވް ކުރުމުން، ދިވެހިންނަށް ހަމަ މަރެއް ފަދައެވެ.   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް