ads
އެމެރިކާގެ ނިއު ޔޯކް
22 އަހަރުގެ ފުލުސް އޮފިސަރެއް ގަޔަށް ބަޑި ޖަހާ މަރާލައިފި
އުމުރުން 22 އަހަރުގެ ފުލުސް އޮފިސަރެއް ގަޔަށް ބަޑިޖަހާ މަރާލައިފިއެވެ.
Advertisement

ޖޭސަން ރިވޭރާ ނަމަކަށް ކިޔާ ފުލުސް އޮފިސަރު ގަޔަށް ބަޑިޖަހާ މަރާލާފައި ވަނީ މިއަދުގެ ވަގުތެއްގައި އެމެރިކާގެ ނިއު ޔޯކް ސިޓީގައެވެ. 

އޭނާ މަރުވެފައި ވަނީ، ދެމައިންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއް ހުއްޓުވަން ގެއަކަށް ދިޔަ ވަގުތު ކަމަށް އެގައުމުގެ ނޫސްތަކުގައި ވަނީ ބުނެފައެވެ. 

މީގެ އިތުރުން ނޫސް ތަކުގައި ބުނެފައިވަނީ، އޭނާ އެ ގެއަށް ގޮސް ވެގެން އުޅޭ ގޮތް ސާފު ކުރުމަށް މަސައްކަތް ކުރަމުން ދަނިކޮށް އެގޭތެރެއިން ފިރިހެނަކު އޭނާގެ ގަޔަށް ބަޑިޖަހާ ވަނީ މަރާލާފައި ކަމަށާއި، އޭނާ އާއި އެކު ގެއަށް ވަން އަނެއް ފުލުސް އޮފިސަރު ގަޔަށްވެސް ބަޑި ޖަހާފައި ކަމަށެވެ. 

"ގެއަށް ވަނީ ދެ އޮފިސަރުން. ގޭގައި މައްސަލަ ޖެހިގެން ރިޕޯޓް ކުރުމުން ދިޔައީ. ގޮސް ވާހަކަ ދައްކަން ފެށި ތަނާ ގޭގައި ހުރި ފިރިހެނަކު ވަނީ އޮފިސަރު ގަޔަށް ބަޑިޖަހާ މަރާލާފަ. ދެވަނަ އޮފިސަރު ގަޔަށްވެސް ވަޒަން އެރި އެހެން ނަމަވެސް އޭނާ ސަލާމަތްވި." ނިއު ޔޯކްގެ ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. 

ފުލުސް އޮފިސަރު ގަޔަށް ބަޑިޖެހުމަށް ފަހު އެމީހާ ވަނީ އެ ގެއިން ފިލަން މަސައްކަތް ކޮށްފައެވެ. އެހެން ނަމަވެސް ފުލުހުން ވަނީ އެމީހާ ހޯދައި ހައްޔަރު ކޮށްފައެވެ. 

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް