ads
ބައި އިލެކްޝަން ކެމްޕެއިންއަށް ކޮމަންޑޫގައި ބޭއްވި ޖަލްސާގެ ތެރެއިން--
އަޅުގަނޑުމެން އެދެނީ ޖީބަށް ވަންނަ ފައިސާ އިތުރުވާނެ ގޮތެއް: ރައީސް ނަޝީދު
ބޭނުންވަނީ ތަނަވަސްކަން ކަމަށާއި ޖީބަށް ވަންނަ ފައިސާ އިތުރު ވާނެ ގޮތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
Advertisement

ށ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ރާޝިދުގެ ކެމްޕެއިން ޖަލްސާގައި ރޭ ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެއްވެސް ރައްޔިތަކު ގައުމު ތަރައްގީ ވެދާނެކަމަށް އަދި އެމީހެއްގެ އާއްމު ހާލަތު ބަދަލުވެދާނެ ކަމަށް ދެކުމަކީ ކުށް ހީއް ކަމަށެވެ. 

ފެންނަން ބޭނުންވާ ތަރައްގީއާއި ބެހޭގޮތުން ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ބޮޑު ހިލައެއް ނުވަތަ އެއްގައުމު ތޮއްޓެއް އަދި ކޮންކްރީޓްގެ މިންވަރަކީ އެއީ ބޭނުންވާ ތަރައްގީއެއް ނޫން ކަމަށާއި، ތަރައްގީއަކީ މީހާއަށް އަންނަ ބަދަލެއް އަދި އާއްމު ހާލުތު ބަދަލުވުން ކަމަށެވެ.

" ތަރައްގީއަކީ އަޅުގަނޑު އެބަ ދަންނަވަން މީހާއަށް އަންނަ ބަދަލެކޭ. އާއްމު ހާލަތު ބަދަލުވުން. ބޭނުންވަނީ ހާސްކަމެއް ނެތި ދިރިއުޅެވޭނެ ގޮތެއް އަޅުގަނޑުމެންނަށް ލިބުން. ބަލިވީމަ ބޭސްކުރެވުން. ދަރިންނަށް ކިޔަވައިދެވޭނެ ގޮތެއް ވުން. އަޅުގަނޑުމެން އެދެނީ ތަނަވަސްކަން. ޖީބަށް ވަންނަ ފައިސާ އިތުރުވާނެ ގޮތެއް" ރައީސް ނަޝީދު ވިދާޅުވިއެވެ.

 

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ އުފެދުނީ އެންމެ ބޭނުމަކު ކަމަށާއި، އެއީ ރައްޔިތުންގެ އާއްމު ހާލަތު ރަނގަޅުކުރެވޭނެ ވިސްނުމެއް ހޯދާ، ކޮންމެ ފަސް އަހަރަކު ރައްޔިތުންގެ ގާތަށް ގޮސް މައްސަލަތައް އޮޅުފިލުވުމަށްފަހު، ކުރާނެ ކަންކަން ރައްޔިތުންނަށް ކިޔާ ދިނުމަށް ކަމަށެވެ. އަދި އެވައުދުތައް ރައްޔިތުން ކައިރިއަށް ގޮސް ވުމަށް ކަމަށެވެ. 

ރައީސް ނަޝީދު ވިދާޅުވީ ދިވެހިން ފައްކާވެފައިވާ ވެރިކަން ހިންގާ އުސޫލަކީ އެއީ ކަމަށާއި، އެ އުސޫލަކީ އެމްޑީޕީގެ އެއްޗެއް ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ އެވާހަކަ ޕީޕީއެމް އަކަށް ނުދެއްކޭނެ ކަމަށެވެ.

"އެއީ އަޅުގަނޑުމެން އެއްޗެއް. އެއީކީ އެއް ޕީޕީއެމް ދަންނަ ކަމެއް ނޫން. މާފްކުރައްވާ އެބޭފުޅުން އައިސް މިވާހަކައެއް ނުދެއްކޭނެ. އެބޭފުޅުންނަށް ދެއްކެވޭނެ ވާހަކަ އެދައްކަވަނީ އެޔަކުން ރާހަތެއްނެތް." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ޕީޕީއެމްގެ ވިސްނުމަކީ މާލޭ ދުނީގައި އޮތް ހަނަފަސް ސިޓީ ސަހަރާއެއްގައި ހަތަރެސްކަން ގޮޅިއަކަށް ރައްޔިތުން ބަދަލުކޮށް ރާއްޖެ އުވާލާ، އެންމެން އެއްތަނަކަށް ޖަމާކޮށް ރައްޔިތުން ހަލާކުވުން ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ އެއީވެސް ޕީޕީއެމްގެ އަމިއްލަ ވިސްނުމެއް ނޫންކަމަށާއި، އެއީ ސިންގަޕޫރުގެ ވިސްނުން ކަމަށެވެ. ނުވަަތަ ދުބާއީއާއި ގަތަރުގެ ވިސްނުން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީނަށް އުޅެނީ އެތަން ފެނިގެން ކަމަށާއި އެހެންކަމުން އެއުޅެނީ އެގައުމު ގެނެސް ރާއްޖޭގައި ގާއިމު ކުރުމަށް ކަމަށެވެ.  

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް