މިއަދު މޯލްޑިވިއަން އިން ވަނީ ތިން ޕެކޭޖެއް ތައާރަފްކޮށްފައެވެ.
އެ ޕެކޭޖުތަކުގެ ތެރޭގައި ބެންކޮކް، ލ އަތޮޅު އަދި އައްޑޫ ސިޓީ ހިމެނެއެވެ.
މިގޮތުން ލ އަތޮޅަށް ދެ މީހަކަށް 4،080 ރުފިޔާއަށް 2 މީހަކަށް 6 ދުވަހުގެ އޯލް އިންކްލޫސިވް ޕެކޭޖެއް ވަނީ ތައާރަފްކޮށްފައެވެ. އޭގެ ތެރޭގައި އެކޮމަޑޭޝަން ވެސް ހިމެނެއެވެ.
ދެ ވަނަ ޕެކޭޖުގައި އައްޑޫ ސިޓީއަށް 2 މީހަކަށް 5450 ރުފިޔާއަށް 6 ދުވަސް ނުވަތަ 7 ދުވަހުގެ ޕެކޭޖެއް ވަނީ ތައާރަފް ކޮށްފައެވެ. އެ ޕެކޭޖުގައި ހުރުމާއެކު ނާސްތާ ވެސް ލިބެއެވެ.
މީގެއިތުރުން ބެންކޮކް ޕެކޭޖުގައި 555 ޑޮލަރަށް 5 ދުވަސް ނުވަތަ 6 ދުވަހަށް 2 މީހަކަށް ތިން ތަރީގެ ހޮޓަލެއްގައި ހުރެވެއެވެ.