ads
މިއަދު އެއްބަސްވުމުގައި މިނިސްޓްރީއާއި، އެސްޖޭ ކޮންސްޓްރަކްޝަނާ ދެމެދު ސޮއި ކުރަނީ
ޒިކުރާ މިސްކިތުގެ ހައްލަކަށް 30 މިލިއަން ރުފިޔާގެ މިސްކިތެއް އެސްޖޭއިން އަޅައިދެނީ
ޒިކުރާ މިސްކިތުގެ މައްސަލަ ހައްލުކޮށް، 30 މިލިއަން ރުފިޔާގެ މިސްކިތެއް ހުޅުމާލޭގައި ބިނާ ކުރުމަށް އިސްލާމިކް މިނިސްޓްރީން އެސްޖޭ ކޮންސްޓްރަކްޝަނާއެކު އެއްބަސް ވެއްޖެއެވެ.
Advertisement

މަސްޖިދުއް ޒިކްރާ ހިމެނޭ ބިމުގައި 10 ބުރީގެ ޢިމާރާތެއް ކުރުމަށް 09 ޖުލައި 2018 ގައި އިސްލާމިކް މިނިސްޓްރީ އާއި އެސް.ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުން ބާޠިލުކުރެވިފައިވާތީ، އެ އެއްބަސްވުމުގެ 8.1 ވަނަ މާއްދާގެ ދަށުން އެސް.ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ދައުލަތުން (މިނިސްޓްރީން) ދައްކާފައިވާ 30 މިލިއަން ރުފިޔާ (ތިރީސް މިލިޔަން ރުފިޔާ) އަނބުރާ ދައުލަތަށް ހޯދުމަށް އެދި ސިވިލް ކޯޓުގައި އެސް.ޖޭ ކޮންސްޓްރަކްޝަންގެ މައްޗަށް ދަޢުވާ އުފުލުމާ ގުޅިގެން، މި  މައްސަލައިގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުޙަލާގައި،  30 މިލިޔަން ރުފިޔާގެ ބަދަލުގައި ދެފަރާތަށް އެއްބަސްވެވޭ ގޮތެއްގެ މަތިން މިސްކިތެއް އަޅައިދިނުމަށް އެސް.ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ވަނީ ހުށަހަޅާފައެވެ.

އެގޮތަށް އެ ހުށަހެޅުމާ ގުޅިގެން އިސްލާމިކް މިނިސްޓްރީއާއި އެސްޖޭ ކޮންސްޓްރަކްޝަނާ ދެމެދު ކުރެވުނު މަޝްވަރާތަކުގައި ދެފަރާތަށް އެއްބަސްވުމަކަށް އާދެވިފައިވާތީ، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ލަފައާއެކު، މި މައްސަލަ ކޯޓުން ބޭރުގައި ޙައްލުކުރުމަށް އެ މިނިސްޓްރީން ނިންމައި، މިއަދު ދެފަރާތަށް އެއްބަސްވެވުނު ކަންތައްތަކުގެ މައްޗަށް އެކުލެވޭ ސެޓްލްމަންޓް އެއްބަސްވުމުގައި މިނިސްޓަރ، ޑރ. އަޙްމަދު ޒާހިރު ޢަލީ އަދި ކުންފުނީގެ ޑިރެކްޓަރ، ޝިހާދު އިބްރާހީމް ވަނީ ސޮއިކުރައްވާފައެވެ.

މި މިސްކިތް އިމާރާތްކުރުމަށް 30 މިލިޔަން ރުފިޔާއަށްވުރެ އިތުރަށް ހިނގާ ޚަރަދު، އެސް.ޖޭ ކޮންސްޓްރަކްޝަންގެ ފަރާތުން ޚަރަދު ކުރާގޮތަށް އެ ކުންފުނިން ވަނީ  އެއްބަސްވެފައިކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މި އެއްބަސްވުމުގައި ސޮއިކުރެވުމާއެކު، މިނިސްޓްރީއާއި ކުންފުނިން އެއްފަރާތުން އަނެއްފަރާތުގެ މައްޗަށް އުފުލާފައިވާ އެންމެހާ ދަޢުވާތައް ކޯޓުން ނެގުމަށް ދެފަރާތުން އެއްބަސްވެފައިވާ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

 ޕްރޮޖެކްޓާ ގުޅޭ މަޢުލޫމާތު:

ޕްރޮޖެކްޓް ވެލިއު: 35,087,951.86 (ތިރީސް ފަސްމިލިއަން އަށްޑިހަ ހަތްހާސް ނުވަސަތޭކަ ފަންސާސް އެއްރުފިޔާ އަށްޑިހަ ހަ ލާރި)

ހުޅުމާލެ ދެވަނަ ފޭސް، ޕްލޮޓް ނަންބަރު: 20394 (N5-30) ގައި ޒަމާނީ މިސްކިތެއް އެޅުމަށް.

ޖާގަ: މެއިން ހޯލް އަދި އައުޓް ޑޯރ އާއެކު 3000 މީހުންނަށް ނަމާދުކުރެވޭ އިންތިޒާމު ހަމަޖެހިފައިވޭ

މި މިސްކިތުގައި އަންހެން ބޭފުޅުންނަށް ނަމާދުކުރެވޭ އިންތިޒާމު ހަމަޖެހިފައިވޭ

އިމާރާތްކުރުމުގެ މުއްދަތު: ޖުމްލަ 427 (ހަތަރުސަތޭކަ ހަތާވީސް ދުވަސް)

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް